Tue, 7 April, 2020, 6:54 pm
އެމްއެންޑީއެފުން މާލެ ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ކުރަނީ --- ފޮޓޯ/ އެމްއެންޑީއެފް
އައްޑޫގައި އެއްވެ އުޅޭ ތަންތަނަށް އެއްވުން މަނާކޮށް، އަވަށްތަށް ޑިސްއިންފެކްޓް ކުރަނީ

މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮވިޑް 19އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީގައި އާންމުކޮށް އެއްވެ އުޅޭ ތަންތަނަށް އެއްވެ އުޅުން މަނާކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ، ކޮވިޑް 19އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޕާކްތަކާއި މައިޒާންތަކަށް މީހުން ޒިޔާރަތްކުރުން ހުއްޓާލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގާފައިވާ ކަމަށެވެ.

އެހެންކަމުން އެ އެންގުމާ ގުޅިގެން ސިއްހީ އާންމު ހާލަތަށް ރުޖޫއަ ވަންދެން އައްޑޫގައި ވެސް އެފަދަ ތަންތަން ބަންުކޮށް އެތަންތަނުގައި ކުރިއަށް ގެންދާ ހަރަކާތްތައް ހުއްޓާލުމަށް ވަނީ އަންގައިފައެވެ.

އައްޑޫގައި ބަންދުކުރަން ނިންމާފައިވާ ތަންތަނަކީ އެސިޓީގެ ހުރިހާ ޕާކްތަކާއި ފިނި މައިޒާންތައް، ޕިކްނިކް ސަރަހައްދުތައް، ސްވިމިން ޓްރެކް ސަރަހައްދާއި ފަތަންދާ ސަރަހައްދުތައް، ކުޅިވަރު މައިޒާންތަކާއި ފުޓްބޯޅަ ދަނޑުތައް، އާންމުކޮށް ތާސްކުޅުމަށް އެއްވެ އުޅޭ ސަރަހައްދުތައް، ބަނދަރުތަކާއި ކޯޒްވޭތަކުގައި މަސް ބޭނުން، ކެމްޕޭން ޖަގަހަތައް އަދި ކެފޭ ރެސްޓޯރެންޓްތަކުން އިމާރާތުން ބޭރުން މަގުމަތީގައި ހިދުމަތް ދިނުމެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ކުރި އިތުރު އިއުލާނެއްގައި ބުނީ، މާދަޟާ ހެނދުނު 8:00 އިން ފެށިގެން ކަނޑައެޅޭ ދުވަސްތަކުގައި އައްޑޫގެ އަވަށްތައް ޑިސްއިންފެކްޓް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން އާންމު ސަރަހައްދުތަކުގައި އައިސް ފޮށި ބަހައްޓައިގެން މަސް ވިއްކުމާއި ހުއްދަ ނެތި ކާބޯތަކެތި ވިއްކުން ވަކި ގޮތަކަށް އަންގަންދެން ހުއްޓާލުމަށް އަންގާފައިވެއެވެ.

Leave a comment

Your email address will not be published.