Tue, 7 April, 2020, 6:17 pm
72 މިލިއަން ރުފިޔާގެ ހެރޮއިނާއެކު 11 ދިވެހިން ހައްޔަރުކޮށްފި

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސް ދޯންޏަކުން 61 ކިލޯގުރާމްގެ ހެރޮއިން ހޯދައި، 11 ދިވެހިން ހައްޔަރުކޮށްފިއެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މަސްތުވާތަކެތި އަތުލައިގެންފައިވަނީ ނުވަ ދުވަސް ވަންދެން ފުލުހުންގެ ޑުރަގް އިންޓެލިޖެންސާއި އޮޕަރޭޝަންސް ޓީމާއި ޑުރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އަދި މެރީން ޕޮލިހުން ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.

އެގޮތުން އެ އޮޕަރޭޝަންގައި 61.06 ކިލޯގެ ހެރޮއިން އަތުލައިގެންފައިވާ ކަމަށާއި އެތަކެތީގެ އަގު ގާތްގަނޑަކަށް 72 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

އެ މައްސަލައާއި ގުޅިގެން މަސް ދޯންނަކުން ހަތް މީހުންނާއި މާލެ އަދި ހުޅުމާލޭން ހަތަރު މީހަކާއެކު ޖުމްލަ 11 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ސީޕީ ހަމީދުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ. ނަމަވެސް އެ އޮޕަރޭޝަންގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

Leave a comment

Your email address will not be published.