Thu, 2 April, 2020, 12:44 am
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން: ފޮޓޯ / ސަން
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 61 އަހަރުގެ މީހަކު ހައްޔަރުކޮށްފި

އަށާރަ އަހަރުން ދަށުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 61 އަހަރުގެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ރަށެއްގައި 18 އަހަރުން ދަށުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ ފުލުހުން ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. މި މައްސަލަ އިތުރަށް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންނާއި ގުޅޭ މައްސަލަތަކުގައި އެކުދިންގެ އައިޑެންޓިޓީ ރައްކާތެރި ކުރުމަށްޓަކައި ކުއްޖާގެ އަތޮޅާއި ރަށެއް ފުލުހުން ހާމައެއް ނުކުރެއެވެ. މިފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ރިޕޯޓު ކުރާ މިންވަރު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

Leave a comment

Your email address will not be published.