Thu, 2 April, 2020, 1:57 am
އަމުރާއި ހިލާފަށް ހަނިމާދޫގައި ހުރެފައި ހޮނޑާފުއްޓަށް ދިޔަ މީހަކު ހައްޔަރުކޮށްފި

މީހުން ދިރުއުޅޭ ރަށްތަކުން ރިސޯޓުތަކަށް އަރާ ފޭބުން މަނާ ކޮށްފައި ވަނިކޮށް، ހދ. ހޯނޑަފުށީ އައިލެންޑް ރިސޯޓުގެ މުވައްޒަފެއް، ހދ. ހަނިމާދޫގައި ހުރެފައި އެ ރިސޯޓަށް އެރުމުން ފުލުހުން އޭނާ ހައްޔަރު ކޮށްފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ، ކޮވިޑް19 އާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް އެރުމާއި، އެރަށް ރަށުން މީހުން ރިސޯޓުތަކަށް އެރުން މަނާ ކޮށްފައި ވަނިކޮށް މި މަހުގެ 25 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހދ. ހޯނޑަފުށި އައިލެންޑް ރިސޯޓުގެ މުވައްޒަފެއް، ހދ. ހަނިމާދޫގައި ހުރެފައި ހޯނޑަފުށީ އައިލެންޑް ރިސޯޓްގެ މެނޭޖްމަންޓުގެ ހުއްދަ ނެތި އެ ރިސޯޓަށް އަރައި، ރިސޯޓުގައި ހުރި އޭނާގެ ތަކެތި ހިފައިގެން ފައިބައި ހަނިމަދޫއަށް ދިއުމުން، ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކޮށްފައި ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

Leave a comment

Your email address will not be published.