Thu, 2 April, 2020, 1:13 am
ވިލިމާލޭގެ މަގުތައް ޑިސް އިންފެކްޓް ކުރަނީ: ފޮޓޯ / އެމްއެންޑީއެފް
ވިލިމާލޭގެ މަގުތައްވެސް ޑިސްއިންފެކްޓު ކުރަން ފަށައިފި

ނުރައްކާތެރި ކޮވިޑް19 ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ވިލިމާލޭގެ މަގުތައް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް މާލެސިޓީ ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން ފަށައިފިއެވެ.

އެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. ވިލިމާލޭގެ މަގުތައް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު މާލޭގެ މަގުތަކާއި ހުޅުމާލޭގެ މަގުތައް ވެސް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ކޮވިޑް19 އަށް ރާކާތެރިވުމުގެ ގޮތުން ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެއް ރިސޯޓުން އަނެއް ރިސޯޓަށް ދިއުން މަނާ ކުރުމާއި ރިސޯޓުތަކުގައި ތިބި މީހުން މީހުން ދިިރިއުޅޭ ރަށްތަކަށް ދިއުން މަނާ ކުރުން ފަދަ ކަންކަން ހިމެނެއެވެ. ހަމައެއާއެކުގައި އިއްޔެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ސަރުކާރު ބަންދުކޮށްފައި އޮތް މުއްދަތު އިތުރު އެއް ހަފްތާއަށް އިތުރު ކުރުމަށް ނިންމާފައެވެ.

މީގެއިތުރުންވެސް މާލެސިޓީގެ ކެފޭ އަދި ރެސްޓޯރެންޓު ފަދަ ތަންތަނާއި ހޮޓާ ފަދަ ތަންތަން ވެސް ވަގުތީ ގޮތުން ބަންދު ކުރުން ހިމެނެއެވެ.

Leave a comment

Your email address will not be published.