Tue, 7 April, 2020, 6:58 pm
އަންނަ ހަފްތާގައި ބޭންކުތަކާއި އެމްއެމްއޭ ހުޅުވާފައި ހުންނާނެ ގަޑިތައް އާއްމުކޮށްފި

ކުރިޔަށް އޮތް ހަފްތާއަކީ ވެސް ސަރުކާރު ބަންދު ހަފްތާއަކަށްވީ ނަމަވެސް އެމްއެމްއޭ އާއި ބޭންކުތަކުން އެ ހަފްތާގައި ދެ ދުވަހު ހިދުމަތް ދޭނެ ކަމަށް ބުނެފިއެވެ.

އެމްއެމްއޭއިން ބުނީ ކޮވިޑް19 އާއި ގުޅިގެން، ހަފްތާއަކަށް ސަރުކާރު ބަންދުކުރި ނަމަވެސް، އެ ދުވަސްތަކުގައި އެމްއެމްއޭއާ ބޭންކުތައް މި މަހުގެ 30ވަނަ ދުވަހާއި އަންނަ މަހުގެ ދޭއް އޭޕްރިލް ގައި ކަމަށެވެ. އެ ދުވަސްތަކުގައި އެމްއެމްއޭއިން ޢާންމުންނަށް ޚިދުމަތްދޭ ގަޑިތަކާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ.

ފައިސާ ބަލައިގަނެ ދޫކުރުމުގެ ހިދުމަތް ދެމުން ގެންދާނީ ހެނދުނު 09:30 އިން 11:30 އަށެވެ. ވަކިލާރި ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް ދެމުން ގެންދާނީ ހެނދުނު 09:30 އިން 11:00 އަށެވެ.

އެމްއެމްއޭއިން ބުނީ ޖެމްސް ބޭނުންނުކުރާ އިދާރާތަކާއި ޢާންމު ފަރާތްތަކުން އެ އޮތޯރިޓީއަށް ފޮނުވާ ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަންނާނީ inward.docs@mma.gov.mv މެއިލް މެދުވެރިކޮށް ކަމަށެވެ.

ސަރުކާރު އިތުރު އެއް ހަފްތާއަށް ބަންދު ކުރުމަށް ނިންމާފައި ވަނީ، ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުންނެވެ. ސަރުކާރުން އަންނަނީ އެކަމުން ރައްކާތެރިވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Leave a comment

Your email address will not be published.