Tue, 7 April, 2020, 6:43 pm
ކަރަންޓީނުގައި 700 އަށްވުރެ ގިނަ މީހުން، 781 ސާމްޕަލް ނެގެޓިވް

ރާއްޖޭގައި އެކި ސަރަހައްދުގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކުގައި 700 އަށްވުރެ ގިނަ މީހުން އެބަ ތިބި ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19ގެ ހާލަތާ ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ މިހާތަނަށް ނެގިފައިވާ 781 ސާމްޕަލެއްގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށެވެ.

އެ ސާމްޕަލްތަކުގެ ތެރޭގައި އިންޑިއާގެ ޕޫނޭއަށް ފޮނުވައިގެން ޓެސްޓުކުރި ހަތް ސާމްޕަލް ވެސް ހިމެނެއެވެ.

މަބްރޫކު ވިދާޅުވީ ކަރަންޓީން ފެސިލިޓީތަކުގައި މުޅި ޖުމްލަ 737 މީހަކު އެބަ ތިބި ކަމަށާއި އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 18 މީހުން ކަމަށެވެ. ކަރަންޓީން ފެސިލިޓީތަކުގައި ތިބި މީހުންގެ ތަފްސީލު

– ވިލިވަރުގައި 31 މީހެއް

– ހުޅުލޭ އައިލެންޑް ހޮޓެލްގައި މީހަކު ނެތް

– ފަން އައިލެންޑުގައި 64 މީހެއް

– ބިޔާދޫގައި 41 މީހެއް

– މަލަހިނި ކުޑަ ބަނޑޮހުގައި 114 މީހެއް

– ދިއްގިރީގައި 32 މީހެއް

– ހޮލިޑޭ އައިލެންޑުގައި 150 މީހެއް

– އެނބޫދޫގައި 33 މީހެއް

– ރޯޔަލް އައިލެންޑް ރިސޯޓުގައި 176 މީހެއް

– މަޑިވަރުގައި 96 މީހެއް

– ކަޑިންމަ މޯލްޑިވްސްގައި މީހަކު ނެތް

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 13 މީހެކެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ. އެމީހުންގެ ތެރެއިން ފަސް މީހަކު ފަރުވާއަށްފަހު ބަލިން ރަނގަޅުވެފައިވާއިރު އަށް މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ސަރުކާރުން ބުނެފައިވަނީ އަށް މީހަކު ރަނގަޅުވި ނަމަވެސް އެ ނަތީޖާ ލުއިކޮށް ނުނެގުމަށް އާއްމު ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށާއި އެންމެ މީހަކުކުރާ އަމަލެއްގެ ސަބަބުން މުޅި ގައުމަށް އެކަމުގެ ގެއްލުން ކުރިމަތިވެދާނެ ކަމަށެވެ.

Leave a comment

Your email address will not be published.