Tue, 7 April, 2020, 5:59 pm
ކޮށްދިއްޕަރުން ބިދޭސީއަކު ޓެސްޓުކުރާތީ ރިސޯޓް މޮނީޓަރިންއަށް

ގްރޭންޑް ޕާކު ކޮށްދިއްޕަރު ރިސޯޓުން ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި ބިދޭސީއަކު ފެނިގެން އެ ރިސޯޓް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އެ ރިސޯޓުން ސާމްޕަލް ނަގައި ޓެސްޓު ހަދަމުންދާ ބިދޭސީ މީހާ މިވަގުތު ހުރީ ހޯމް އައިސޮލޭޝަންގައި ކަމަށެވެ.

ނަމަވެސް އޭނާގެ ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ރިސޯޓް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮށްދިއްޕަރުގެ އިތުރުން ސިނަމަން ހަކުރާ ހުރާ އިން ވެސް ކޮވިޑް 19 އަށް ބިދޭސީއަކު ޝައްކުކުރެވިގެން އެ ރިސޯޓް ވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ވަގުތުގައި އެ ރިސޯޓަށް އަރައި ފޭބުން މަނާ ވާނެއެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 13 މީހެކެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ. އެމީހުންގެ ތެރެއިން ފަސް މީހަކު ފަރުވާއަށްފަހު ބަލިން ރަނގަޅުވެފައިވާއިރު އަށް މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

Leave a comment

Your email address will not be published.