Tue, 7 April, 2020, 5:23 pm
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުލައިޓުތަކެއް ޕާކު ކޮށްފައި --- ފޮޓޯ/ ވެލާނާ އެއާޕޯޓު ޓުވިޓަރު
ދިވެހިން ގެނައުމަށް ޗާޓާކުރާ ފްލައިޓްތަކަށް ހުއްދަ ދިނުން މެދުކަނޑާލައިފި

ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމަށް ވަކިވަކި ފަރާތްތަކުން ޗާޓާކުރާ ފްލައިޓްތަކަށް ހުއްދަ ދިނުން މެދުކަނޑާލާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް 19އާ ގުޅިގެން އެކި ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ވައިގެ ދަތުރުފަތުރުތައް ހުއްޓިފައިވާ ގައުމުތަކުގައި ތިބި ދިވެހިންގެ ހާލަތު ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކުން ބަލަމުން ގެންދާ ކަމަށެވެ.

އެގޮތުން ކޮވިޑް 19އާ ގުޅިގެން ރާއްޖެއަށް އަނބުރާ އަންނަ ހުރިހާ ދިވެހިން ކަނޑައަޅާ އުސޫލެއްގެ ތެރެއިން ކަރަންޓީން ކުރުމަށް ހަމަޖެހިފައިވާތީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެންނަން ޖެހިއްޖެ ހާލަތެއްގައި އެކަން ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމަށް ވަކިވަކި ފަރާތްތަކުން ޗާޓާ ކުރަން އެދި ހުށަހަޅާ ފްލައިޓްތަކަށް ހުއްދަ ދިނުން މެދުކަނޑާލާފައިވާ ކަމަށް އެ މިނިސްޓްރީގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ދިވެހިން ގެނައުމަށް ވަކިވަކި ފަރާތްތަކުން ޗާޓާ ކުރާ ފްލައިޓްތަކަށް ހުއްދަ ދިނުން ޓްރާންސްޕޯޓް މިނިސްޓްރީން މެދުކަނޑާލަން ނިންމާފައިވާއިރު ކޮވިޑް 19އާ ގުޅިގެން ލަންކާއިން އަންނަ ފްލައިޓުތައް ރާއްޖެއަށް ޖެއްސުން ވަނީ މަނާކޮށްފައެވެ.

އެހެންކަމުން ލަންކާގައި ރާއްޖެ ނާދެވި ތާށިވެފައި ތިބި ދިވެހިން ގެނައުމަށްޓަކައި ހާއްސަ ފްލައިޓެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ އެޖެންޓް، އިނަ މޯލްޑިވްސް އިން ވަނީ ބުނެފައެވެ.

ނަމަވެސް ލަންކާގެ ޓިކެޓްތައް އަގުބޮޑުކޮށް ވިއްކަމުންދާ ޝަކުވާތަކެއް މިފަހުން ވަނީ ފެންމަތިވެފައެވެ. ސަރުކާޜުން ބުނެފައިވާ ގޮތުން އެ މައްސަލަ ދަނީ ބަލަމުންނެވެ.

Leave a comment

Your email address will not be published.