Tue, 7 April, 2020, 6:25 pm
ކޮވިޑް19 އާ ގުޅިގެން ކުރިޔަށް ގެންދިޔަ ޑްރިލްގެ ތެރެއިން: ފޮޓޯ / ސަން
ކޮވިޑް 19 އިތުރު މީހަކު ފަސޭހަވެ، ރަނގަޅުވި މީހުންގެ އަދަދު 9 އަކަށް

ކޮވިޑް 19 އަށް ޕޮޒިޓިވްވި އިތުރު މީހަކު އެބަލިން ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ނޭޝަނަލް އެމްޖެންސީ ސެންޓަރުގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ.މުހައްމަދު އަލީ ވިދާޅުވީ މިއަދު ރަނގަޅުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ހުންނަ ކްރިޓިކަލް ކެއާގައި ފަރުވާ ދެމުންދިޔަ މީހެއް ކަމަށެވެ.

އެތަނުގައި ފަރުވާ ދެމުންދިޔައީ ތިން މީހެކެވެ. އޭގެ ތެރެއިން ދެ މީހުން މީގެ ކުރިން ވަނީ ރަނގަޅު ވެގެން ދޫކޮށްލައިފައެވެ. އަދި މިއަދު ރަނގަޅުވި މީހާއާއެކު ދަރުމަވަންތާގައި ފަރުވާ ހޯދަމުންދިޔަ އެންމެން ވެސް ރަނގަޅުވީއެވެ.

ކޮވިޑް 19 އިން މިއަދު ރަނގަޅުވި މީހާއާއެކު ރާއްޖެއިން އެ ބަލި ޖެހުނު މީހުންގެ ތެރެއިން ފަސޭހަ މީހުންގެ އަދަދު ނުވަ އަކަށް ވަނީ އިތުރުވެފައެވެ. އަދި މިހާރު ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދަނީ ހަތަރު މީހެކެވެ.

ޑރ. އަލީ ވިދާޅުވީ މިހާލަތުގައި އަދިވެސް ރައްޔިތުން ފަރުވާ ކުޑަކޮށްގެން ނުވާނެ ކަމަށެވެ. މިބަލި ރާއްޖޭގައި ފެތުރުނަނުދީ ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއެކު ރާއްޖޭގެ ސިއްހީ ދާއިރާގެ މަސައްކަތްތެރިން މަސައްކަތް ކުރަމުންދާ އެ މަަސައްކަތަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

Leave a comment

Your email address will not be published.