Thu, 28 May, 2020, 10:14 pm
ކޮވިޑް19 އާ ގުޅިގެން ކުރިޔަށް ގެންދިޔަ ޑްރިލްގެ ތެރެއިން: ފޮޓޯ / ސަން
ޔޫކޭ އިން އައި އިތުރު ދިވެއްސަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ
12

އިނގިރޭސި ވިލާތުން ރާއްޖެ އައި އިތުރު ދިވެއްސަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެކަން ސަރުކާރުން ހާމަކޮށްފިއެވެ.

މިއީ ރާއްޖެއިން ދިވެއްސަކަށް އެބަލި ޖެހުނު ދެވަނަ ފަހަރެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ޕޮޒިޓިވް ވެފައިވަނީ އިނގިރޭސި ވިލާތުން ރާއްޖެ އައިސް ރޯޔަލް އައިލެންޑް ރިސޯޓު ކަރަންޓީން ފެސިލީޓިގައި ހުރި ދިވެއްސެއް ކަމަށެވެ.

ނަމަވެސް އޭނާ ރާއްޖެ އައިސްފައިވަނީ ކޮންއިރަކު ކަމެއް އަދި ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓުކުރީ ކޮންއިރަކު ކަމެއް އަދި ނުބުނެއެވެ.

ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވި ފުރަތަމަ ދިވެހި މީހާއަކީ ވެސް އިނގިރޭސި ވިލާތުން އެނބުރި ރާއްޖެއައި މީހެކެވެ. އުމުރުން 38 އަހަރުގެ އެމީހާ ރާއްޖެ އައިސްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

ރާއްޖެ އައުމުން ހޮލިޑޭ އައިލެންޑް ކަރަންޓީން ފެސިލިޓީގައި ބަހައްޓާފައި ހުރި އެމީހާގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނުނީ ރާއްޖެ އައިތާ ތިން ދުވަސް ފަހުންނެވެ.

މިއަދު ފެނުނު ކޭސްއާއެކު ރާއްޖެއިން އެބަލި ޖެހިފައިވާ ކޭސްތަކުގެ އަދަދު 17 އަށް އިތުރުވާނެއެވެ. އެއީ ރާއްޖެއިން ފުރި ފަހުން ކޮވިޑް 19 އަށް ޕޮޒިޓިވްވި އިޓަލީގެ ދެ ފަތުރުވެރިން ވެސް ހިމަނައިގެންނެވެ.

ޕޮޒިޓިވްވި މީހުންގެ ތެރެއިން 11 މީހުން ރަނގަޅުވެފައިވާއިރު ތިން މީހަކަށް މިހާރު ވެސް ދަނީ ފަރުވާ ދެމުންނެވެ.

Leave a comment

Your email address will not be published.