Thu, 28 May, 2020, 11:16 pm
ގެސްޓް ހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
24

މާލޭގެ ގެސްޓް ހައުސްއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮތްވާ ފެނިއްޖެއެވެ.

ފުލުހުން މިއަދު ބުނީ ކާސިންޖީ މަގުގައި ހުރި ގެސްޓް ހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތްވާ ފެނުނީ ބަންގުލަދޭޝްގެ ފިރިހެނެއް ކަމަށާއި އޭނާއަކީ މ. ކޮޅުފުށިން މާލެ އައި މީހެއް ކަމަށެވެ. އަދި އެކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 9:10 އެހާކަންހާއިރު ކަމަށެވެ.

ފުލުހުން ބުނީ، އޭނާގެ ބަނޑަށް ތަދުވާތީ އިއްޔެ އޭޑީކޭ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި އަދި މިއަދު އަނެއްކާވެސް ޑޮކްޓަރަށް ދައްކަން ދާންޖެހޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

Leave a comment

Your email address will not be published.