Thu, 28 May, 2020, 11:49 pm
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު -- ފޮޓޯ / އަވަސް
ފުލުހުންނަށް ރައްޔިތުން ކުރާ އިތުބާރު އިތުރުވެއްޖެ: ސީޕީ ހަމީދު
2

ނިމިދިޔަ އަހަރަކީ ފުލުހުންގެ ޚިދުމަތާމެދު ރައްޔިތުންގެ އިތުބާރާ ޔަގީންކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ހިދުމަތަށް 87 އަހަރު ފުރުމާ ގުޅިގެން ކޮމިޝަނަރު ދެއްވި ހިތާބުގައި ވިދާޅުވީ ނިމިދިޔަ އަހަރު ފުލުހުން ކުރި މަސައްކަތްތަކުގެ ސަބަބުން ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ސީޕީ ވިދާޅުވީ 2018ވަނަ އަހަރަށްވުރެ 2019ވަަނަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް އިތުރުވެފައިވާ ކަމަށެވެ.

“”ތަފާސް ހިސާބުތަކަށް ބަލާއިރު، ނިމިދިޔަ 12 މަސްތެރޭގައި، އޭގެކުރީ 12 މަހަށްވުރެ ހުށަހެޅިފައިވާ މައްސަލަތަކުގެ ޖުމްލަ އަދަދު 9.73 އިންސައްތަ ވަނީ އިތުރުވެފައި. ހުށަހެޅުނު މައްސަލަތައް އިތުރުވުމާއެކުވެސް، ޕްރޮސެކިއުޓް ކުރުމަށް ފޮނުވިފައިވާ މައްސަލަތަކުގެ އަދަދު 22.8 އިންސައްތަ އިތުރުކުރެވިފައިވޭ. މިއީ، އިންސާފު ހޯދާދިނުމަށް ކުރެވުނު މަސައްކަތުގައި ލިބުނު މުހިންމު ކުރިއެރުމެއްކަމަށް އަޅުގަނޑު ދެކެން” ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް މިދިޔަ އަހަރު ހިންގި 135 އޮޕަރޭޝަނުގައި 426 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. މީގެއިތުރުން މިދިޔަ އަހަރަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ މައްސަލަތަކުގައި މުޅި ގައުމު ސިއްސުވާލި އަހަރެއް ކަން ކޮމިޝަނާ ފާހަގަކުރެއްވިއެވެ. އެފަދަ މައްސަލަތަކާއި ގެވެށި އަނިޔާ ހުއްޓުވަން ވަގުތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، މެދު ރާސްތާއާއި ދުރު ރާސްތާގައި ކުރަން ޖެހޭ ކަންކަން ދެނެގަނެ، އެކަންކަން ކުރަމުންދާ ކަމަށް ވެސް ކޮމިޝަނާ ވިދާޅުވިއެވެ.

ފުލުހުންގެ 87 ވަނަ އަހަރީ ދުވަސް ބައްދަލުމިވީ، ދިވެހިރާއްޖޭގައި ސިއްހީ ކުއްލިނުރައްކަލުގެ ހާލަތު އިއުލާނު ކުރެވިފައިވާ ވަގުތެއްގައިކަން ފާހަގަކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މި ނާޒުކު ދަނޑިވަޅުގައިވެސް ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގައި ދިވެހި ފުލުހުން ދެމިތިބޭނެކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް ދެއްވާފައެވެ.

Leave a comment

Your email address will not be published.