Fri, 29 May, 2020, 12:29 am
Photo: Mihaaru
ކާފިއު ވަގުތުގައި މަގުމައްޗަށް ނުކުންނަ މީހުން ޖޫރިމަނާ ކުރާނެ
2

މާލެ ސަރަހައްދުގައި ކާފިއު އިއުލާންކޮށްފައިވާ ގަޑިތަކުގައި މަގުމައްޗަށް ނުކުންނަ ފަރާތްތައް ޖޫރިމަނާކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.

މާދަމާ އިން ފެށިގެން ވަކި ގޮތެއް އަންގަންދެން ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ބޭރަށް ނުކުމެ އުޅުމާއި އުޅަނދުތައް ދުއްވުން މަނާކޮށްފައިވަނީ މިއަދުއެވެ.

އޭގެ އިތުރުން ކާފިއު ނޫން ވަގުތުތަކުގައި އެއްފަހަރާ ތިން މީހުންނަށްވުރެ އިތުރަށް މީހުން މަގުމަތީގައި އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ.

ފުލުހުން މިއަދު ބުނީ، އެ އެންގުން ތަންފީޒުކުރުމަށް އެ އެންގުމާ ހިލާފުވާ ފަރާތްތަކަށް ނަސޭހަތްތެރިވެ އެކަން ތަކުރާރުވާނަމަ ޖޫރިމަނާ ކުރެވޭނެއެވެ. އެގޮތުން ޖޫރިމަނާ ކުރާނީ 1000 ރުފިޔާ އިންނެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ސަމީރު މުހައްމަދު ވިދާޅުވީ، ކާފިއު އިއުލާންކޮށްފައިވާ ވަގުތުގައި ވެސް ބައެއް ފަރާތްތަކާއި އުޅަނދުފަހަރަށް ދުއްވުން ހުއްދަވާނެ ކަމަށެވެ.

އެގޮތުން އެ ފަރާތްތަކަށް ފުލުހުން ހާއްސަ ސްޓިކާއެއް ދޫކުރަމުން ގެންދާނެ ކަމަށާއި އެ ސްޓިކާ ނެތްނަމަ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވިއެވެ.

Leave a comment

Your email address will not be published.