Thu, 28 May, 2020, 10:55 pm
ބާރަށް ސައިކަލު ދުއްވި މީހަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފި
6

ބިރުވެރިކަން އުފެދޭ ގޮތަށް ބާރު ސްޕީޑުގައި ނުރައްކާތެރި ގޮތަކަށް ސައިކަލު ދުއްވި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މިއަދު ހެނދުނު 6:12 އެހާކަންހާއިރު އުމުރުން 19 އަހަރުގެ އެމީހާ ހައްޔަރުކުރީ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް މާލޭގެ އެކި މަގުތަކުގައި ބާރު ސްޕީޑުގައި ސައިކަލު ދުއްވާތީ، އަމީނީމަގުގެ ޓްރެފިކް ޕޮލިސް ސްޓޭޝަން ކުރިމަތިން ހުއްޓުވުމަށްފަހު ކަމަށެވެ.

އޭގެ ފަހުން އެ މީހާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގުކުރަން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ބާރަށް ސައިކަލު ދުއްވި މީހަކު ހައްޔަރުކޮށް ތަހުގީގު ފަށާފައި މިވަނީ އެހެން މީހުންނަށް އުދަނގޫވާ ގޮތަށް އަޑުގަދަކޮށް އަދި ބާރަށް އުޅަނދުފަހަރު ދުއްވާ މީހުންނަށް ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅުއްވާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިދިޔަ އާދީއްތަ ދުވަހު ވިދާޅުވެފައި ވަނިކޮށެވެ.

Leave a comment

Your email address will not be published.