Thu, 28 May, 2020, 4:15 pm
ކޮވިޑް 19 ޖެހިގެން ލަންކާއިން ތިން ވަނަ މީހަކު މަރުވެއްޖެ
55

ސްރީ ލަންކާއިން ކޮވިޑް 19 ޖެހުނު މީހުންގެ ތެރެއިން އިތުރު މީހަކު މަރުވެ، އެގައުމުން އެބަލީގައި މަރުވި މީހުންގެ އަދަދު ތިނަކަށް އަރައިފިއެވެ.

ލަންކާގެ ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތު ސާވިސް ޑރ. އަނިލް ޖާސިންގާ ހަވާލާދީ ލަންކާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން އިއްޔެ މަރުވެފައިވަނީ ކޮވިޑް 19ގެ ޕޭޝަންޓުންނަށް ފަރުވާދޭ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އިންފެކްޝަސް ޑިޒީސްގައި ފަރުވާ ދެމުންދިޔަ 72 އަހަރުގެ މީހެއް ކަމަށެވެ.

މަރަދަނާއަށް އުފަން އެމީހާއަށް ފަރުވާ ދެމުންދިޔައީ ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ލަންކާއިން އިއްޔެ އިތުރު މީހަކު މަރުވެފައިވާއިރު އެގައުމުން ކޮވިޑް 19 ޖެހިފައިވާ ތިން މީހަކު އިއްޔެ ވަނީ ފެނިފައެވެ. އެ ތިން މީހުން ފެނިފައިވަނީ ޖަފްނާ، މަރަދަނާ އަދި ކުރުނޭގަލަ އިންނެވެ.

މި ތިން މީހުންނާއެކު ލަންކާއިން ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު ވަނީ 146 މީހުންނަށް އަރައިފައެވެ.

Leave a comment

Your email address will not be published.