Thu, 28 May, 2020, 10:58 pm
މިވަގުތު އެންމެ މުހިންމީ ދުއާކުރުން، އެކަކު އަނެކަކަށް މަދަދުވެރިވޭ: ނައިބު ރައީސް
272

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19ގެ ބަލިމަޑުކަމުން ރައްކާތެރިވެ ތިބުމަށް އެންމެ މުހިންމީ ދުއާ ކުރުމާއި އިޖްތިމާއީ ގައިދުރުކުރުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ، އިދާރާތަކުގެ އެންގުންތަކަށް އިޖާބަ ދެއްވަވާ ގޭގައި ތިއްބެވުމަށް އެދިވަޑައިގެންފައެވެ. އަދި މިދަތި ދަނޑިވަޅުގައި އެއްބައިވަންތަކަން އިތުރުކޮށް އެކަކު އަނެކަކަށް މަދަދުވެރިވުމަކީ އުފަލަކަށް ހެއްދެވުމަށް ގޮވާލެއްވިއެވެ.

އެކަކު އަނެކަކަށް މަދަދުވެރިވުމަށް ނައިބު ރައީސް ގޮވާލެއްވިއިރު ކޮވިޑް 19އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވަމުންދާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް މިވަގުތަކީ ކުލި ނަގާ ފަރާތްތަކުން ކުލި ކޮށްދޭންވީ ވަގުތު ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ ހާލަތާ ގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، މިވަގުތަކީ ކުލި ކުޑަކޮށް، ވަޒީފާތައް ހިފެހެއްޓުން ވަރަކަށް ހިފަހައްޓަންވީ ވަގުތު ކަމަށެވެ.

އަދި މިއީ އެއްވެސް މީހަކު އެމީހެއްގެ އަމިއްލަ ފައިދާއަށް އެކަނި މަސައްކަތްކޮށްގެން ގައުމެއްގެ ގޮތުގައި ކުރިއަށްދެވޭނެ ވަގުތެއް ނޫން ކަމަށާއި ސަރުކާރުން އެކަމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

Leave a comment

Your email address will not be published.