Thu, 28 May, 2020, 10:48 pm
ވ. ކެޔޮދޫ އާއި މޫފުށި ރިސޯޓަށް އަރައި ފޭބުން މަނާކޮށްފި
8

ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި ބަޔަކު ފެނިގެން ވ. ކެޔޮދޫ އާއި ކޮންސްޓަންސް މޫފުށި ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ ހާލަތާގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކެޔޮދޫން ކޮވިޑަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި ދިވެއްސަކު ފެނުމާއި ގުޅިގެން އޭނާގެ ޓެސްޓުގެ ނަތީޖާ ލިބެންދެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

ކޮންސްޓަންސް މޫފުށި ރިސޯޓް މޮނީޓަރިންގެ ހާލަތަށް ގެނައީ އެރަށުން ކޮވިޑްގެ އަލާމާތްތަކެއް ހުރި ދިވެއްސަކާއި ބިދޭސީއަކު ފެނުމާ ގުޅިގެން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެމީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 19 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހަތަރު ދިވެހިން ވެސް ހިމެނެއެވެ. އެ ހަތަރު ދިވެހިންނަކީ ވެސް އިނގިރޭސިވިލާތުން އެނބުރި ރާއްޖެ އައިސް ކަރަންޓީނުގައި ތިއްބައި ބައްޔަށް ފޮޒިޓިވްވި މީހުންނެވެ. ރާއްޖެއިން އެބަލި ޖެހުނު މީހުންގެ ތެރެއިން 13 މީހަކު ރަނގަޅުވެފައިވާއިރު ފަރުވާ ދެމުންދަނީ ވެސް ހަތަރު ދިވެހިންނަށް އެކަންޏެވެ.

Leave a comment

Your email address will not be published.