Thu, 28 May, 2020, 10:44 pm
ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާޞަބާގައި ބޭއްވި ރަސްިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ ---- ފޮޓޯ/ ރައީސް އޮފީސް
ދުނިޔޭގެ ސިއްހަތުގެ ދުވަސް: ރައީސް ސޯލިހުގެ ޝުކުރު ސިއްހީ ހިދުމަތްތެރިންނަށް!
4

ކޮވިޑް-19 އާ ދެކޮޅަށް ޑޮކްޓަރުންނާއި، ނަރުހުންނާއި އަދި ސިއްހީ ޕްރޮފެޝަނަލުން ކުރަމުން އަންނަ ބުރަ މަސައްކަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު ދަންނަވައިފިއެވެ.

ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައި މިވަނީ މި ފަހުގެ ތާރީހެއްގައި މުޅި ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ސިއްހީ ކާރިސާ ކަމަށެވެ.

ރައީސް ވިދާޅުވީ މި ދަނޑިވަޅަކީ ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ ޕްރޮފެޝަނަލުންގެ ޖެހިލުން ކުޑަކަމާއި ހިތްވަރުގަދަ މަސައްކަތްތައް ހާމަވެގެންދާ ދުވަސްތަކެއް ކަމަށެވެ.

ސިއްހީ ހިދުމަތްތެރިންނަށް ޝުކުރު އަދާކުރައްވާ އެމަނިކުފާނު ވަނީ ވަރަށް އަވަހަށް މުޅި ދުނިޔެ މި ބަލިމަޑުކަމުން މިންޖު ކުރައްވާތޯ ދުއާ ކުރައްވާފައެވެ.

Leave a comment

Your email address will not be published.