Thu, 28 May, 2020, 10:25 pm
އައްޑޫ ސިޓީގައި ފުލުހުން ކެމެރާތަކެއް ހަރު ކުރުމުގެ މަސައްކަތް ކުރަނީ: ފޮޓޯ ޕޮލިސް
އައްޑޫ ސިޓީގައި ސީސީޓީވީ ކެމެރާތަކެއް ފުލުހުން ހަރުކޮށްފި
2

އައްޑޫ ސިޓީގެ ދެ ސަރަހައްދެއްގައި ފުލުހުން ސީސީޓީވީ ކެމެރާ ހަރުކޮށްފިއެވެ.

ފުލުހުންގެ ބުނީ މިއަދު ހަރުކުރި ކެމެރާތަކާއެކު މިހާރު އައްޑޫގެ ހަތަރު ސަރަހައްދެއްގައި އަށް ސީސީޓީވީ ކެމެރާ ހުންނާނެ ކަމަށެވެ. މީގެއިތުރުން ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ފުލުހުން އެ ސިޓީގައި ސީސީޓީވީ ކެމެރާ ހަރު ކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.

އައްޑޫސިޓީގެ މަގުތަކުގައި ކެމެރާ ހަރުކޮށް ކެމެރާ ސަވައިލެންސް ސިސްޓަމް ތައާރަފުކޮށްފައިވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

އައްޑޫ ސިޓީގެ އިތުރުން މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ފުލުހުން އަންނަނީ ސީސީޓީވީ ކެމެރާތައް ހަރު ކުރަމުންނެވެ. މީގެއިތުރުން ސިނަމާލެ ބްރިޖުގައިވެސް ފުލުހުން ވަނީ ދާދިފަހުން ސީސީޓީވީ ކެމެރާތައް ހަރުކޮށްފައެވެ.

Leave a comment

Your email address will not be published.