Thu, 28 May, 2020, 5:27 pm
މިއުޒިކުން މާތް ﷲއާ ދެމެދު އޮންނަ ގުޅުން ނިކަމެތި ކޮށްލާތީ އިޝާން ލަވަކިޔުމާ ދުރަށް
636

މޯލްޑިވިއަަން އައިޑޮލް އިން އާއްމުންގެ މަގުބޫލުކަން ހޯދި ލަވަކިޔުންތެރިޔާ، މުހައްމަދު އިޝާން ލަވަކިޔުން ހުއްޓާލައިފި އެވެ.

ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރަށް މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ ހޯދި އިޝާން އޭނާގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، މިއުޒިކް ކުޅެ އަޑުއެހުން އެއީ މާތްﷲ އާއި ތިބާއާމެދު އޮންނަ ގުޅުން ވަރަށް ބޮޑަށް ނިކަމެތި ކޮށްލާ ކަމެއް ކަމަށާއި އަދި އޭގެ ސަބަބުން ޝައިތާނާ އޭނާ ބޭނުން ކޮންމެ ގޮތަކަށް ނަފުސު ކޮންޓްރޯލް ކުރާ ކަމަށެވެ.

“ﷲ އަށް ކުއްތަންވެ ތިރިވެ ކޮށްލާ އެންމެ ސަޖިދައަކުން ހިތައް ލިބޭ އަރާމު އެތައް އަހަރު ދުވަހެއް ވަންދެން ކުޅުނު މިއުޒިކުން ހިތަށްވީ އިހްސާސްތަކާއި ނުބައްދަލު” އިޝާންގެ ފޭސްބުކްގައި ލިޔެފައިވެއެވެ.

އޭނާ ބުނީ ލަވަ ކިޔައިގެން އެންމެ ރެއަކުން އޭނާއަށް ލިބުނު އާމްދަނީ މިހާރު ލިބެނީ މަސް ދުވަހުން ކަމަށާއި އެހެން ނަމަވެސް ފުދުންތެރިކަމާއި ތަނަވަސް ކަމަކީ އިންސާނެއްގެ ހިތާއި ގުޅިފައި އޮންނަ ކަމެއްކަން މިހާރު އިހްސާސް ކުރެވޭ ކަމަށެވެ.

“އެދުމަކީ އަޅުގަނޑުގެ އަދި އަޅުގަނޑަށް ބައިވެރިވެފައި އޮތް އެއްވެސް މިއުޒިކެއް ވެސް އެއްވެސް ބޭފުޅަކު އަޑު ނޭހުން،” އިޝާން ބުނެފައިވެއެވެ.

Leave a comment

Your email address will not be published.