Thu, 28 May, 2020, 12:58 pm
މިސްކިތެއްގެ ބޭރުގައި ފުލުހުންގެ ޓޭޕް ދަމާފައި --- ފޮޓޯ: ސަން
ލޮކްޑައުންއަށް ލުއިތަކެއް ދީ، މިސްކިތްތަކާއި ހޮޓާ އަދި ސްކޫލްތައް ހުޅުވާލަނީ
92

ރާއްޖޭގައި އިއުލާނު ކޮށްފައިވާ ފުުރަބަންދުގެ މުއްދަތު ހަމަވުމުން، ފުރަބަންދަށް ލުއިތަކެއް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެ އެވެ.

ގައުމާ މިރޭ މުހާތަބު ކުރައްވާ ރައީސް ވިދާޅުވީ، ސިއްހީ ހިދުމަތްތެރިންގެ ލަފަޔާ އެއްގޮތަށް، މިހާރު އަޅާފައިވާ ފިޔަވަޅުތައް ރައްޔިތުންގެ އެއްބާރުލުމާއެކު ރަނގަޅަށް ތަންފީޒުވަމުން ދާނަމަ، މާލެ ސަރަހައްދުގައި އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން، ލުއިތަކެއް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ނަމަވެސް މާލެ ސަރަހައްދުން ފުރަބަންދުގެ ހާާލަތަށް ލުޔެއްދޭއިރު، އެކަންކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި އެގޮތުން ފުރަތަމަ ކަމަކީ، ގެއިން ބޭރަށް ނުކުމެ އުޅުމަށް ލުއިތަކެއް ދިނުމާއި މިހާރަށްވުރެ ފަސޭހަ އިންތިޒާމަކުން އާންމު ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލުން ކަމަށް ވިދާޅުވިއެވެ.

“އެހެން ފިޔަވަހިތަކުގައި މީހުން އެއްވެ އުޅުމުގެ ކަންކަމަށް ލުއިތަކެއް ދެވޭނެ. އެގޮތުން މިސްކިތްތައް ހުޅުވާލައި ހޮޓާތަކާއި ކެފޭތައް ހުޅުވުމަށާއި ސްކޫލްތަކުގެ ކިޔަވައިދިނުން ފެށުމަށްވެސް ވަކި އިންތިޒާމުތަކެއްގެ ދަށުން ހުއްދަ ދެވޭނެ. ހަމައެއާއެކު، ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުގެ ވަޒީފާއަށް ނުކުތުމަށް ވެސް ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސޭނެ،” ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ކޮވިޑް ނެތް އެހެން ރަށްރަށުގައި ވެސް ލުއިތަކެއް ދިނުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އެގޮތުން އެފަދަ ރަށްރަށުގައި، އާންމު އުސޫލުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ ގޮތް ހަމަޖެއްސުމާއި ވިޔަފާރިތައް ހުޅުވުމުގެ ހުއްދަ ދެވޭނެ ކަމަށާއި އަދި އޭގެ ފަހުން ސްކޫލްތަކާއި އޮފީސްތައް ހުޅުވަމުން ގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.

Leave a comment

Your email address will not be published.