Thu, 28 May, 2020, 1:00 pm
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ކަމާ ގުޅޭ އިދާރާތައް ގުޅިގެން ބޭއްވި އިމަޖެންސީ ޑްރިލްގެ ތެެރެެއިން --- ފޮޓޯ: ވީނިއުސް
އިތުރު 58 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ޖުމްލަ އަދަދު 1274 އަށް
14

އިތުރު 58 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ، އެ 58 މީހުންނަކީ މިރޭގެ 7:00 އާހަމައަށް ފެނިފައިވާ މީހުން ކަމަށެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 39 މީހަކާއި 18 ދިވެހިންނާއި އިންޑިއާ މީހެކެވެ.

މިއީ މިއަދުގެ މިހާތަނަށް ރާއްޖޭން ކޮވިޑް ޖެހުނު ކަމަށް އެޗްޕީއޭ އިން އިއުލާންކުރި މީހުންނެވެ. މިއާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 1274 އަށް އަރައިފައެވެ.

ނަމަވެސް މިއަދުގެ ކޭސްތަކާއެކު ފާއިތުވި ތިން ދުވަހު ރާއްޖޭން 131 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެގޮތުން އިއްޔެ 30 މީހަކު ޕޮޒިޓިވް ވެފައިވާއިރު މިދިޔަ ބުދަ ދުވަހު 43 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 104 އަށް އަރައިފައެވެ. މިބަލީގައި ރާއްޖެއިން މަރުވެފައިވަނީ ހަތަރު މީހެކެވެ. އެއީ އުމުރުން ދުވަސްވީ ތިން ދިވެހިންނާއި ބަންގްލަދޭޝް މީހެކެވެ.

Leave a comment

Your email address will not be published.