Thu, 28 May, 2020, 1:16 pm
އެޗްޕީއޭގެ އާރުއާރުޓީގެ ބޭފުޅުން ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ --- ފޮޓޯ/ ހެލްތު މިނިސްޓްރީ
ކޮވިޑް ޖެހުނު އިތުރު ފަސް މީހަކު ބަލިން ރަނގަޅުވެއްޖެ
8

ރާއްޖެއިން ކޮވިޑް 19 ޖެހުނު އިތުރު ފަސް މީހަކު ރަނގަޅުވެ، ބަލިން ރަނގަޅުވި ޖުމްލަ އަދަދު 109 އަށް އަރައިފިއެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ބައްޔަށް ޝިފާ ލިބުނު މީހުންގެ ޖުމްލަ އަދަދަކީ 109 އަށް ކަމަށެވެ. އެއީ ރެއާ ހަމައަށް އެޗްޕީއޭ އިން އިއުލާންކުރި އަދަދަށްވުރެ ފަސް މީހުންގެ އިތުރުވުމެކެވެ.

ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްްރާހީމް އަފްޒަލް ވިދާޅުވީ، ރަނގަޅުވި މީހުންގެ ތެރޭގައި 62 ދިވެހިންނާއި ބަންގްލަދޭޝްގެ 23 މީހެއް ހިމެނޭއިރު ދެން ހިމެނެނީ ޓޫރިސްޓް ގައުމުތަކުގެ މީހުން ކަމަށެވެ. އަދި މިފަހުން ރަނގަޅުވި މީހުންގެ ތެރެއިން ގިނައީ ދިވެހިން ކަމަށް ވެސް ޑޮކްޓަރު ވިދާޅުވިއެވެ.

ރާއްޖޭން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1274 އަށް އަރައިފައެވެ. އަދި ބަލީގައި ރާއްޖޭން މަރުވެފައިވަނީ ހަތަރު މީހެކެވެ. އެއީ އުމުރުން ދުވަސްވީ ތިން ދިވެހިންނާއި ބަންގްލަދޭޝް މީހެކެވެ.

Leave a comment

Your email address will not be published.