Thu, 28 May, 2020, 4:48 pm
ކޮވިޑަށް ތައްޔާރުވުމުގެ ގޮތުން ސިއްހީ އިދާރާތަކުން ހިންގި ޑްރިލްގެ ތެރެއިން --- ފޮޓޯ: ސަން
އިތުރު 39 މީހަކު ޕޮޒިޓިވްވެ، ޖުމްލަ އަދަދު 1،313އަށް
6

ރާއްޖެއިން ކޮވިޑް19 އަށް އިތުރު 39 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ 16 ދިވެހިންނާއި ބަންގްލަދޭޝް 15 މީހަކާއި އިންޑިއާ ހަތް މީހެއްގެ އިތުރުން ސްރީލަންކާ އެކަކު ކޮވިޑް19 އަށް މިއަދު ރާއްޖެއިން ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މުޅި ޖުމްލަ މި ބަލި ރާއްޖެއިން ޖެހުނު މީހުންގެ އަދަދު ވަނީ 1،313 އަށް ވަނީ އަރާފައެވެ. ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އެންމެ ގިނައިން ބަލިން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ.

ރާއްޖެއިން މިހާތަނަށް 109 މީހަކު ބަލިން އެއްކޮށް ރަނގަޅުވެފައިވާއިރު ހަތަރު މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.

Leave a comment

Your email address will not be published.