Thu, 28 May, 2020, 5:41 pm
އަންނަ އަހަރުގެ ދިރާސީ އާ އަހަރު، އަހަރުގެ މެދުތެރޭން ފެށުމަށް ނިންމައިފި
8

އަންނަ އަހަރުގެ ދިރާސީ އާ އަހަރު، އަހަރުގެ މެދުތެރޭން ފެށުމަށް ނިންމައިފިއެވެ.

“ރާއްޖެ ޓީވީ” އަށް މިރޭ ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ދިރާސީ އާ އަހަރު އަންނަ އަހަރުގެ މެދު ތެރެއަށް ފެށުމަށް ނިންމީ މިއަހަރުގެ އޯލެވެލް އިމްތިހާނު އަންނަ އަހަރުގެ ޖޫން މަހަށް ފަސް ކުރުމަށް ނިންމާފައިވުމުން ކަމަށެވެ.

އެ ބަދަލު ގެނައުމަށް ނިންމީ ސޯޝަލް ކައުންސިލްގެ ލަފާގެ މަތިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ބަދަލު ދާއިމީ ބަދަލަކަށް ހަދަން ފެނޭތޯ ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް19 ގެ ސަބަބުން މިދިޔަ މާޗު މަހުން ފެށިގެން ސްކޫލުތައް ވަނީ ބަންދުކޮށްފައެވެ. އަދި އޭގެފަހުން އޮންލައިންކޮސް ޓެލިކިލާސްތައް ވަނީ ނަގައިދީފައެވެ. ނަމަވެސް މާލެއިން ކޮވިޑް19 ފެނުމާއި އެކު ޓެލިކިލާސްތައް ވެސް ވަނީ މެދުކަނޑާލައިފައެވެ.

Leave a comment

Your email address will not be published.