Thu, 28 May, 2020, 5:23 pm
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ކަމާ ގުޅޭ އިދާރާތައް ގުޅިގެން ބޭއްވި އިމަޖެންސީ ޑްރިލްގެ ތެެރެެއިން --- ފޮޓޯ: ވީނިއުސް
ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިތުރު 18 މީހަކު ބަލިން ރަނގަޅުވެއްޖެ
9

ރާއްޖޭގައި ފަރުވާދެމުންދިޔަ އިތުރު 18 މީހަކު ކޮވިޑުން ރަނގަޅުވެ ބަލީން ފަސޭހަވީ މީހުންގެ އަދަދު 127 އަށް އަރައިފިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އިއްޔެ އާއި ހަމައަށް މުޅި ރާއްޖެއިން 109 މީހަކު ބަލިން ރަނގަޅުވެފައިވާއިރު މިއަދުގެ މިހާތަނަށް އިތުރު 18 މީހަކު ބަލިން ރަނގަޅުވެ ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދު 127 އަށް އަރާފައިވާ ކަމަށެވެ.

ބަލިން ރަނގަޅުވި މީހުންގެ އަދަދު 127 އަށް އަރާފައިވާއިރު ރާއްޖެއިން ކޮވިޑް 19 އަށް އިތުރު 39 މީހަކު މިއަދު ވަނީ ޕޮޒިޓިވްވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި ބަންގްލަދޭޝް 15 މީހަކާއި އިންޑިއާ ހަތް މީހެއްގެ އިތުރުން ސްރީލަންކާ އެކަކު ކަމަށެވެ.

މިއާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1،313 އަށް ވަނީ އަރައިފައެވެ. އޭގެ ތެރެއިން ގިނައީ ބަންގްލަދޭޝް މީހުންނެވެ. ރާއްޖެއިން ކޮވިޑް ބަލީގައި މިހާތަނަށް މަރުވެފައިވަނީ ހަތަރު މީހެކެވެ.

Leave a comment

Your email address will not be published.