• Sat, 11 July, 2020, 7:23 pm

    މާދަމާއިން ފެށިގެން ޖޫން11 ގެ ނިޔަލަށް ހަފްތާއަކު ތިން ދުވަހު ސަރުކާރު އޮފީސްތައް ހުޅުވަނީ

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    މާދަމާއިން ފެށިގެން އަންނަ މަހުގެ 11ވަނަ ދުވަހުގެ ނިޔަލަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް، ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، ބުދަ، މި ތިން ދުވަހު ސަރުކާރު އޮފީސްތައް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

    ރައީސް އޮފީހުން ބުނީ ސަރުކާރު އޮފީސްތައް ހުޅުވުމަށް ރައީސް ނިންމެވީ ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން ފެށިގެން މެންދުރު 13:00ގެ ނިޔަލަށް ކަމަށެވެ. އަދި އިދާރާތައް ހުޅުވި ނަމަވެސް، އެ އިދާރާތަކަށް ރައްޔިތުން ހާޒިރުވެގެން ހިދުމަތް ހޯދުމުގެ ފުރުސަތު ހުޅުވައިނުލުމަށްވެސް ސަރުކާރުގެ އޮފީސްތަކަށް ރައީސް ސޯލިހު އަންގަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

    ސަރުކާރުގެ އިދާރާ ހުޅުވައިގެން ކުރާނެ މަސައްކަތްތައް އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅުއްވަންވާނެ ކަމަށާއި، އިދާރާއެއް ހުޅުވާނީ އެ އިދާރާއަށް މުވައްޒަފުން ހާޒިރުވެގެން އެ އިދާރާއަކުން މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެކަނި ކަމަށާއި، ވީހައި މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރުމަށް ވެސް ރައީސް އޮފީސްތަކަށް އަންގަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

    ރައީސް އޮފީހުން ބުނީ ސަރުކާރުގެ އިދާރާތައް ހުޅުވަން ޖެއްސެވި ދުވަސްތަކާއި ވަގުތުތަކުގެ އިތުރުން އެހެން ވަގުތެއްގައި ސަރުކާރުގެ އިދާރާއެއް ހުޅުވައިގެން ކޮންމެހެން މަސައްކަތެއް ކުރަން ޖެހިއްޖެ ހިނދެއްގައި، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއެއް ހުޅުވައިގެން އެ މަސައްކަތް ކުރެއްވުމަށް އަންގަވާފައިވާ ކަމަށެވެ.

    އަދި ސަރުކާރުގެ އިދާރާއެއް ހުޅުވައިގެން މަސައްކަތް ކުރަންވާނީ އެއިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތަފްސީލު ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް އެ އިދާރާއަކުން ހުށަހަޅައި، އެ އެޖެންސީން ކަނޑައަޅާ ގޮތެއްގެ މަތިން އަދި އެ އެޖެންސީން ކަނޑައަޅާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި، ސަރުކާރުގެ އިދާރާއެއް ހުޅުވި ނަމަވެސް، މިހާރެކޭވެސް އެއްފަދައިން، ގޭގައި މުވައްޒަފުން ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށާއި، އޮންލައިންކޮށް ދެވެން ހުރި ހިދުމަތްތައް އޮންލައިންކޮށް ދެމުން ގެންދިއުމަށްވެސް އޮފީސްތަކަށް ރައީސް ސޯލިހު އަންގަވާފައެވެ.

    ސަރުކާރު އޮފީސްތައް ހުޅުވުމަށް ރައީސް ސޯލިހު ނިންމަވާފައިވާއިރު މާލެ ސަރަހައްދަށް ނެރެފައިވާ ލޮކްޑައުން އަށް ލުއިތަކެއް ދިނުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. ނަމަވެސް ލޮކްޑައުންއާއި އެކު އަޅާފައިވާ ފިޔަވަޅުތަކުން މުޅިން އަތް ދޫކޮށްލެވޭނެ ކަމަށް ސަރުކާރަށް ބެލެވެނީ އަންނަ ސެޕްޓެމްބަރު މަހުއެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.