• Sat, 11 July, 2020, 6:22 pm

  ލޯތްބާއެކު ކެމްޕޭނަށް 4.7 މިލިއަން ރުފިޔާ، 35،000 ނިކަމެތިންނަށް އެހީވެވުނު

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ރަމަޟާން މަހާ ދިމާކޮށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ކުރިއަަށް ގެންދިޔަ ލޮތްބާއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭން ކާމިޔާބު ކަމާއެކު ނިންމާލިއިރު އެ ކެމްޕޭނަށް 4.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ހަރަކާތުން ބުނެފިއެވެ.

  ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަ ރޯދައާ ހަމައަށް ކުރިއަށް ގެންދިޔަ މިއަހަރުގެ ލޯތްބާއެކު ކެމްޕޭނުގެ ތެރެއިން އެއް މަސް ދުވަހަށް ވާވަރަށް ކާބޯތަކެތީގެ އެހީ ދިނުމަށާއި ރަމަޟާން މަހުގެ ތެރޭގައި އިފްތާރު ޕެކޭޖް ދީފައިވެއެވެ. ކެމްޕެއިން ކުރިއަށް ގެންގޮސްފައިވަނީ ޔުގެންޑާ، ފަލަސްތީން، ސީރިއާ، ޔަމަން، ނޭޕާލްގެ އިތުރު ބަންގްލަދޭޝްގައެވެ.

  އެހެން އަހަރުތަކޭ އެއްގޮތަށް ރަމަޟާން މަހާ ދިމާކޮށް ކުރިއަށް ގެންދާ ކާބޯތަކެތި ހަދިޔާ ކުރުމުގެ ކެމްޕޭނުގެ އިތުރުން، މި އަހަރުގެ ޕެންޑެމިކް ހާލަތާ ގުޅިގެން ކާބޯތަކެތީގެ ޕެކޭޖްތަކާއެކު މި ހާލަތާ ގުޅުންހުރި ތަކެތި ވަނީ ހަދިޔާކޮށްފައެވެ. އަދި ޔުގެންޑާއާއި ފަލަސްތީނުގެ ގާޒާގެ އިތުރުން ނޭޕާލާއި ސީރިޔާގައި އައިއޭސީގެ ފަރާތުން އީދު ފާހަގަކުރިއެވެ.

  އެގޮތުން އީދު ހަދިޔާގެ ގޮތުގައި ހެދުން ހަދިޔާ ކުރުމުގެ އިތުރުން އީދުގައި ކެއްކެމަށް ކާބޯތަކެތި ބަހާފައިވާއިރު ލުބުނާނުގެ ބޯޑަރު ސަރަހައްދުގައި ތިބި ސީރިޔާގެ ރައްޔިތުންނާއި ފަލަސްތީނު މީހުންނަށް އީީދު ފާހަގަކުރުމަށް ބީއެމްއެކްސް ބައިކް ސްޓަންޓް ޝޯ އަކާއި އަދި ބައެއް ސަރަހައްދުތަކުގައި ކުޑަކުދިންނަށް ކުޅެވޭނެ ގޮތަށް ބާސްކެޓް ބޯޅަ ހޫޕް ހަރުކުރެވިފައިވެއެވެ.

  އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަން ހެޑް މުހައްމަދު އަލީ ވިދާޅުވި ގޮތުގައި މިއަހަރުގެ ކެމްޕޭނަކީ ޖުމުލަކޮށް ވަރަށް ކާމިޔާބު ކެމްޕޭނެކެވެ. އެގޮތުން ހަ ގައުމެއްގެ މީހުންނަށް އަމާޒުކޮށްގެން ފެށި ކެމްޕޭން ފުޅާވެ ކެމްޕެއިންގެ ތެރެއިން މެލޭޝިއާގައި ތިބި ރޮހިންޔާ ދަރިފަސްކޮޅުގެ ރައްޔިތުންނަށް ވެސް އެހީވެވުނުކަން އޭނާ ފާހަގަކުރިއެވެ.

  އޭގެ އިތުރުން މިޔަންމާގެ ރަހީން ސްޓޭޓްގެ ނިކަމެތި ރައްޔިތުންނަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދީފައިވާއިރު ބަންގްލަދޭޝްގައި ތިބި ރޮހިންޔާ ދަރިފަސްކޮޅުގެ މީހުންނަށް އެހީވުމުގެ ތެރެއިން ބަންގްލަދޭޝްގައި އަނދައިގެންދިޔަ ކޭމްޕެއްގައި ތިބި ފަރާތްތަކަށް ރާއްޖޭގެ ކުންފުންޏެއްގެ ހެޔޮއެދުމާއެކު ކާބޯތަކެތި ހަދިޔާ ކުރެވިފައިވާ ކަމަށް މުހައްމަދު އަލީ ވިދާޅުވިއެވެ.

  އައިއޭސީން ބުނީ، ލޮތްބާއެކު 2020 ކެމްޕޭނުގެ ތެރެއިން ރެފިއުޖީ ކޭމްޕާއި ސްލަމް ސަރަހައްދުތަކުގައާއި އަދި އެކި ގޮތްގޮތުން ހާލުގައި ޖެހިފައިވާ ގާތްގަނޑަކަށް 35,000 ނިކަމެތިންނަށް އެހީވެވިފައިވާ ކަމަށެވެ.

  އައިއޭސީން އުންމީދުކުރިވަރަށް ވުރެ މި ކެމްޕޭނަށް ދިވެހި ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނުކަން ފާހަގަކޮށް އެ ހަރަކާތުން ބުނީ، ބައިނަލްއަގްވާމީ ގޮތުން ފަންޑު ހޯދުމުގެ މަސައްކަތާއެކު ކުރިއަަށް ގެންދިޔަ ކެމްޕޭނެއް ނަމަވެސް މި ކެމްޕޭނަށް ލިބިފައިވާ 99 ޕަސެންޓަކީ ދިވެހި ރައްޔިތުންގެ ފަރާތުން ލިބިފައިވާ އެހީތެރިކަން ކަމަށެވެ.

  އައިއޭސީން ބުނީ، ލޯތްބާއެކު 2020 ކެމްޕެއިން ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު ކެމްޕޭނަށްފަހު ވެސް ޕެންޑެމިކް ރިލީފް ޕްރޮޖެކްޓް އިތުރަށް ކުރިއަށް ގެންދެވޭނެ ގޮތަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.