.
10 February 2017
މަޤްބޫލު ޙަބަރު

|ޑރ އަހްމަދު ޒިޔާދު ބާގިރު

حاضر العالم الإسلامي: މީގެ މާނައަކީ އިސްލާމީ އުއްމަތުގެ އަދުގެ ޙާލަތު ދެނެގަތުމެވެ. އެހެން ނަމަވެސް އަލިއަޅުވާލާނީ ހަމައެކަނި އަދުގެ ޙާލަތާ ބެހޭ ގޮތުންނެއް ނޫނެވެ. އަދުގެ ޙާލަތު ރަނގަޅަށް ދެނެގަންނަން އެގޭނީ، އިސްލާމީ އުއްމަތް ފެށިގެން އައިގޮތް ރަނގަޅަށް ދެނެގަނެވިގެންނެވެ. މިއުއްމަތުގެ އަސްލެއްވެއެވެ. މި ޢިލްމުގެ މަޤްޞަދަކީ އިސްލާމީ އުއްމަތުގެ އެހާރާއި މިހާރުގެ ޙާލަތުގެ މައްޗަށް ބިނާކޮށް ވާހަކަދެއްކުމެވެ. އަދި މި ޢިލްމަކީ އިސްލާމީ އުއްމަތުގެ އެހާރާއި މިހާރު ހިނގާފައިވާ ތަފާތު ކަންތައްތައް (ސިޔާސީ، އިޤްތިޞާދީ، އިޖްތިމާޢީ، އަޚްލާޤީ) މި ނޫނަސް އިސްލާމީ އުއްމަތަށް ދިމާވާ ތަފާތު ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކާ ޢިލްމެކެވެ.
މި ޢިލްމުގެ ބޭނުމަކީ، ދުނިޔޭގައި މުސްލިމުން ދިރިއުޅެމުންދާ ގޮތްތައް، އަދުގެ މުސްލިމު ދަރިން ދެނެގަތުމެވެ. އިސްލާމީ އުންމަތުގެ ފިކުރީ، ސިޔާސީ، އިޤްތިޞާދީ، އިޖްތިމާޢީ، އަދި އަޚްލާޤީ ޙާލަތުގެ މައްޗަށް އިސްލާމީ އުންމަތް ހޭލެއްވުމެވެ.

އަދި މި އުއްމަތަށް ދިމާވާ ތަފާތު ގޮންޖެހުންތައް އޮޅުންފިލުވައިދިނުމާއި، މި މާތް އުންމަތް އެކުވެރިކުރުވައި، އުންމަތުގެ ތާރީޚާއި ޙަޟާރާތް އަލުން ބިނާކުރުމުގެ ފިކުރު އާލާކުރުވައި، ދުނިޔޭގެ ތަފާތު މުއައްސަސާތައް ދެނެގަތުމާއި، އެތަންތަނުގެ މަސައްކަތް ދަނެގަތުން ފަދަ ކަންކަމާއި އިސްލާމްދީނަކީ ޢާލަމްތަކަށް ފޮނުވުނު ދީނެއްކަން ދެނެގަތުމެވެ.
ﷲ ވަޙީކުރައްވާފައިވަނީ؛ (إِنَّ هَٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاعْبُدُونِ) މާނައީ؛ ހަމަކަށަވަރުން، މިއީ، އެއް އުއްމަތެއް ކަމުގައިވާ ތިޔަބައިމީހުންގެ އެއްމަތެވެ. އަދި ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަން ރަސްކަލާނގެއަށް އަޅުކަންކުރާށެވެ!
ދުނިޔެ:
ދުނިޔެ އުފެއްދެވި ގޮތުގެ ވާހަކަ މާތް ﷲ ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައިވެއެވެ.

سورة الأنبياء، الآية: 92
(أَوَلَمْ يَرَ الّذِينَ كَفَرُوَاْ أَنّ السّمَاوَاتِ وَالأرْضَ كَانَتَا رَتْقاً فَفَتَقْنَاهُمَا وَجَعَلْنَا مِنَ الْمَآءِ كُلّ شَيْءٍ حَيّ أَفَلاَ يُؤْمِنُونَ * وَجَعَلْنَا فِي الأرْضِ رَوَاسِيَ أَن تَمِيدَ بِهِمْ وَجَعَلْنَا فِيهَا فِجَاجاً سُبُلاً لّعَلّهُمْ يَهْتَدُونَ * وَجَعَلْنَا السّمَآءَ سَقْفاً مّحْفُوظاً وَهُمْ عَنْ آيَاتِهَا مُعْرِضُونَ * وَهُوَ الّذِي خَلَقَ الْلّيْلَ وَالنّهَارَ وَالشّمْسَ وَالْقَمَرَ كُلّ فِي فَلَكٍ يَسْبَحُونَ)
މާނައީ: “ހަމަކަށަވަރުން، އުޑުތަކާއި ބިން، އެކަތިގަނޑަކަށް ވެފައިވަނިކޮށް، ފަހެ، ތިމަންރަސްކަލާނގެ އެދޭތި ވަކިކޮށްލެއްވިކަން، ކާފަރުވި މީހުން ނުދަންނަނީ ހެއްޔެވެ؟ އަދި ތިމަންރަސްކަލާނގެ ދިރޭ ކޮންމެ އެއްޗެއް ފެނުން ހެއްދެވީމެވެ. ފަހެ، އެއުރެން އީމާންނުވަނީ ހެއްޔެވެ؟ އަދި އެއުރެންނާއިގެން އެ ބިން، ތެޅިފޮޅިގެންފާނެ ކަމަށްޓަކައި، ހަރުލައި ހުންނަ ފަރުބަދަތައް، ތިމަންރަސްކަލާނގެ ބިމުގައި ލެއްވީމެވެ. އަދި އެ ބިމުގައި، ބޮޑެތި ތަނަވަސް މަގުތައް ލެއްވީމެވެ. (އެއީ) އެއުރެންނަށް މަގު އެނގުމަށްޓަކެވެ. އަދި ރައްކާތެރި ކުރައްވާފައިވާ ފުރާޅެއްކަމުގައި، ތިމަންރަސްކަލާނގެ އުޑު ލެއްވީމެވެ. އަދި އެއުރެންނަކީ އެތާނގެ (އިރު ހަނދާއި ތަރިތައް ފަދަ) ހެކިތަކަށް ފުރަގަސްދޭ ބަޔެކެވެ. އެކަލާނގެއީ، ރޭގަނޑާއި ދުވާލު، އަދި އިރާއި ހަނދު ހެއްދެވި ރަސްކަލާނގެއެވެ. އެއިން ކޮންމެ އެއްޗެއްމެ، ފަލަކެއްގައި ހިނގަހިނގާ ހުރެތެވެ.”

haftha.mv ©