.
03 March 2017
މަޤްބޫލު ޙަބަރު

އެންމެފުރަތަމަ ދެނެގަންނަން ޖެހޭނީމާތްﷲގެ އެކައުވަންތަ ކަމެވެ.އެއީތަވްހީދުދެނެގަތުމެވެ.

ތައުޙީދު އިޞްޠިލާޙީ މާނައަކީމާތްالله ގެ އިލާހުވަންތަކަމާއި ރައްބުވަންތަ އާއި އިސްމުފުޅުތަކާ ސިފަފުޅުތަކުގައި  އެކަލާނގެ އެއްކައުވަންތަކަމަށް އީމާންވުމެވެ.

އިލާހުވަންތަކަމަކީ الله އަށް އެކަލާނގެ އަޅުތަކުންކުރާ އެންމެހައި ހެޔޮޢަމަލުތައްކުރުމުގައި އެކަލާނގެއާ އެއްވެސް ފަރާތެއް ބައިވެރި ނުކުރުމެވެ.

وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اُعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ ” މާނައީ: “ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ކޮންމެ އުންމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ. އެއީ الله سبحانه وتعالى އަށް އަޅުކަންކުރުމަށާއި، الله سبحانه وتعالى ފިޔަވައި އަޅުކަންކުރެވޭ ތަކެއްޗާ ދުރުހެލިވުމަށް އެންގެވުމަށެވެ.”

ރައްބުވަންތަކަމަކީ الله ގެ އެންމެހައި ޢަމަލުފުޅުތަކުގައި އެކަލާނގެ އެއްކައުވަންތަކަން ޤަބޫލު ކުރުމެވެ. މިސާލަކަށް ޚަލްޤު ކުރެއްވުމާއި ރިޒުޤު ދެއްވުމާއި، އެންމެހާ ކާއިނާތު ތަކުގެ ކަންތައްތައް ރާއްވަވައި ހިންގެވުމާއި، ދިރުއްވައި މަރު ހިއްޕެވުމާއި މިފަދަ ހުރިހާ ކަމެއްގައި އެކަލާނގެ އެއްކައުވަންތަކަން ހިތުގެ އަޑިން ޤަބޫލުކުރުމެވެ.

 ﷲ ގެ އިސްމުފުޅުތަކާ ސިފަފުޅުތައް

 توحيد الأسماء والصفات އަކީ، ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ޞައްލަ الله ޢަލައިހި ވަސައްލަމަގެ އަރިހުން ވާރިދުވެފައިވާ ޞައްޙަ ޙަދީޘްފުޅުތަކުގައި ބަޔާންވެގެންވާ الله سبحانه وتعالى އާއި އެކަލާނގެ ނަބިއްޔާ ޞައްލަ الله ޢަލައިހި ވަސައްލަމަގެ އެކަލާނގެ ޒާތުފުޅަށް ދެއްވާފައިވާ الله سبحانه وتعالى އިސްމުފުޅުތަކާއި، އެކަލާނގެ އެސިފައަކުން ސިފަކުރައްވާފައިވާ ސިފަފުޅުތައް އޭގެ ހަޤީޤީ މާނައިގައި ތެދުކޮށް އީމާންވުމެވެ. އަދި އިސްމުފުޅުތަކަކީ އެންމެ ރިވެތިވެގެންވާ އިސްމުފުޅުތައްކަމާއި، އެސިފަފުޅުތަކަކީ އެންމެ ފުރިހަމަވެގެންވާ ސިފަފުޅުތައްކަން، އެއްވެސް ބަދަލުކުރުމެއްނެތި، ނުވަތަ މާނަ އަނބުރާލުމެއްނެތި ނުވަތަ އެހެން އެއްޗަކާ ވައްތަރު ކުރުމެއްނެތި، ޤަބޫލުކޮށް އެއަށް އީމާންވުމެވެ.

 الله سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. وَلِلّهِ الأَسْمَاء الْحُسْنَى فَادْعُوهُ بِهَا وَذَرُواْ الَّذِينَ يُلْحِدُونَ فِي أَسْمَآئِهِ سَيُجْزَوْنَ مَا كَانُواْ يَعْمَلُونَ (الأعراف: 180)

މާނައީ: “އެންމެ ރިވެތި ނަންފުޅުތައް މިލްކުވެވޮޑިގެންވަނީ الله އަށެވެ. ފަހެ އެނަންފުޅުތަކުން ތިޔަބައިމީހުން އެކަލާނގެ ޙަޟުރަތަށް ދުޢާކުރާށެވެ. އަދި އެކަލާނގެ ނަންފުޅުތަކާމެދު، ޙައްޤުމަގުން އެއްކިބާވެއުޅޭ މީހުން ތިޔަބައިމީހުން ދޫކޮށްލާށެވެ. އެއުރެން ކޮށްއުޅުނު ކަންތައްތަކަށް އެއުރެންނަށް ޖަޒާދެއްވާނެތެވެ.”

އީމާން ކަމުގެ މާނަ:

އީމާންކަމަކީ ވަކިކަހަލަ ކަންކަމެއް ހިތުންތެދުކޮށް ޤަބޫލުކުރުމާއި ދުލުން ކިއުމާއި ޢަމަލުން އެކަންތައްތައް ކުރުމެވެ.

އީމާން ކަމާއި އިސްލާމް ކަމާއި ހުރިގުޅުން:

އީމާންކަމާއި އިސްލާމްކަމަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެކަލިމައެވެ. އަލްއީމާން އާއި އަލްއިސްލާމް މިދެލަފްޒު ވަކިވަކިން ބޭނުންކުރެވޭއިރު ކޮންމެ ލަފުޒެއްގައިވެސް އަނެއްލަފްޒުގެ މާނަ ހިމެނެއެވެ. މިސާލަކަށް އަލްއީމާންއޭ ބުނުމުން އީމާންކަމާއި އިސްލާމްކަން ހިމެނިގެންދެއެވެ. ހަމައެފަދައިން “އަލްއިސްލާމް” އޭ ބުނުމުންވެސް އިސްލާމްކަމާއި އީމާންކަން ހިމެނެއެވެ. އެހެންނަމަވެސް މިދެލަފްޒު އެއްތަނެއްގައި އެއްޢިބާރާތެއްގައި ބަޔާން ކުރެވިއްޖެނަމަ މިދެލަފްޒުގެ މާނަ ތަފާތުކޮށް ކުރެވެއެވެ. ދެލަފްޒު އެއްތަނެއްގައި އެއްޢިބާރާތެއްގައި އަންނަ ވަގުތު އަލްއީމާންގެ ލަފްޒު ބޭނުންކުރެވެނީ ތެދުކުރުމާއި ޔަޤީންކުރުމަށެވެ. އަދި އަލްއިސްލާމް މިލަފްޒު ބޭނުންކުރެވެނީ ގުނަވަންތަކުން ކުރެވޭ ހެޔޮޢަމަލުތަކަށެވެ. މިކަން ވަރަށް ސާފުކޮށް މަޝްހޫރު ޙަދީޘް ޖިބްރީލްއިން ހާމަވެގެންދެއެވެ.

އީމާން ކަމުގެ ރުކުންތަށް:

آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ وَقَالُوا سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ  ( البقرة 285)

މާނަ: ”  رسولއާއަށް، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةން ބާވައިލެއްވި އެއްޗަކަށް (އެބަހީ: ކީރިތި قرآنއަށް) رسولއާއި مؤمنން إيمانވިއެވެ. އެ އެންމެންމެ اللَّهއާއި، އެކަލާނގެ ملائكةންނާއި، އެކަލާނގެ (ބާވައިލެއްވި) ފޮތްތަކާއި، އެކަލާނގެ ފޮނުއްވި رسولންނަށް إيمانވިއެވެ. (އެއުރެން ބުނެތެވެ.) ތިމަންމެން، އެކަލާނގެ رسولންގެ ތެރެއިން އެކަކާމެދުވެސް ތަފާތެއް ނުކުރަމުއެވެ. އަދި، އެއުރެން ބުނޫއެވެ. ތިމަންމެން އަހައި ކިޔަމަންވެއްޖައީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ފާފަފުއްސަވައިފާނދޭވެއެވެ! އަދި، އެނބުރި ދިއުންވަނީ، އިބަރަސްކަލާނގެ حضرةއަށެވެ.

އީމާން ކަމުގެ ރުކުންތަށް ބެހިގެންވަނީ ހަބަޔަކަށެވެ.

ފުރަތަމަ ރުކުން: މާތް الله އަށް އީމާންވުން:

މާތްالله އީމާން ވުމަކީ : އެކަލާނގެއީ ހުރިހާ ތަކެއްޗެއް ހައްދަވައި ބޮޑުކުރައްވާ ރަސްކަލާނގެކަމަށާއި ހުރިހާ ވެރިކަމެއްގެ ވެރިރަސްކަލާނގެކަމަށާއި  ހުރިހާ ކަމެއް ރާއްވަވާ ތަދުބީރުކުރައްވާ ރަސްކަލާނގެކަމަށް  ހިތުގައި އެއްވެސް ޝައްކުކަމެއްނެތި ޤަބޫލުކުރުމެވެ. އަދި ހަމައެއާއި އެކު އެކަލާނގެއީ ޙައްޤު ގޮތުގައި އަޅުކަން ވެވޭ ހަމައެކަނި އިލާހުކަމަށާއި އެކަލާނގެ ފިޔަވައި އަޅުކަންވެވޭ ހުރިހާ ފަރާތެއް ބާޠިލުވެގެންވާކަން ހިތުގައި އެއްވެސް ޝައްކުކަމެއްނެތި ޤަބޫލުކުރުމެވެ.

وَمَا مِن دَابَّةٍ فِي الْأَرْضِ إِلَّا عَلَى اللَّهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا ۚ كُلٌّ فِي كِتَابٍ مُّبِينٍ

މާނައީ: “اﷲ ގެ ޒިންމާގައި އެއެއްޗެއްގެ ރިޒްޤު ނުވާ ހަމައެއްވެސް ދިރޭ އެއްޗެއް ބިންމަތީގައި ނުވެއެވެ. އަދި އެއެއްޗެއް ޤަރާރުވާ ތަނާއި، (އެބަހީ ބިމުގައި ދިރި އުޅޭ ކޮންމެ ތަނެއް ނުވަތަ ބަފައިންގެ ޞުލްބު) އަދި އެއެއްޗެއް حوال ކުރެވޭތަން (އެބަހީ ކަށްވަޅު ނުވަތަ މައިންގެ ރަޙިމް) އެކަލާނގެ ދެނެވޮޑިގެންވެއެވެ. ހުރިހާ އެއްޗެއްވަނީ ބަޔާންވެގެންވާ ފޮތެއްގައި (އެބަހީ: اللوح المحفوظ ގައި) ލިޔެވިފައެވެ.”

وَلِلَّهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا ۖ وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ ۚ سَيُجْزَوْنَ مَا كَانُوا يَعْمَلُونَ   (الأعراف: ١٨٠)    

މާނައީ: “އަދި އެންމެ ރިވެތި އިސްމުފުޅުތައް ލިބިވޮޑިގެންވަނީ الله އަށެވެ. ފަހެ ތިޔަބައި މީހުން އެއިސްމުފުޅުތަކުން އެކަލާނގެއަށް ދުޢާކުރާށެވެ. އަދި އެކަލާނގެ އިސްމުފުޅުތަކުގައި އިލްޙާދު ކުރާ މީހުން ތިޔަބައިމީހުން ދޫކޮށްލާށެވެ.”

فَاطِرُ السَّمَاوَاتِ وَالْأَرْضِ ۚ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا وَمِنَ الْأَنْعَامِ أَزْوَاجًا ۖ يَذْرَؤُكُمْ فِيهِ ۚ لَيْسَ كَمِثْلِهِ شَيْءٌ ۖ وَهُوَ السَّمِيعُ الْبَصِيرُ   (الشورى11 )

މާނައީ:”އެކަލާނގެއީ، އިސްވެދިޔަ مثالއަކާނުލައި އުޑުތަކާއި، ބިންހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ތެރެއިން އަނބިން ލެއްވިއެވެ. އަދި އެކަލާނގެ نعمސޫފީގެ ތެރެއިން ދެ جنسގެ ތަކެތި ލެއްވިއެވެ. އެކަލާނގެ އެގޮތުން ތިޔަބައިމީހުން ގިނަކުރައްވަތެވެ. އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެތެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.

لَهُ مَقَالِيدُ السَّمَاوَاتِ وَالْأَرْضِ ۖ يَبْسُطُ الرِّزْقَ لِمَن يَشَاءُ وَيَقْدِرُ ۚ إِنَّهُ بِكُلِّ شَيْءٍ عَلِيمٌ    ( الشورى 12)

އުޑުތަކާއި، ބިމުގެ ތަޅުދަނޑިތައް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް رزقތަނަވަސްކޮށްދެއްވަތެވެ. އަދި  (އެކަލާނގެ އިރާދަކުރައްވާ މީހަކަށް رزق) ދަތިކުރައްވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ކޮންމެކަމެއްމެ މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”

haftha.mv ©