.
10 March 2017
މަޤްބޫލު ޙަބަރު

 މާތްالله އަށް އީމާންވުމުން އެތައް ފައިދާ ތަކެއް ލިބެއެވެ.

1) މުއުމިނުންގެ ކިބައިން ދަތި އުނދަގޫތައް ފިއްލަވައިދެއްވައެވެ. އަދި މުޞީބާތްތަކުން ނަޖާކުރައްވައި ޢަދުއްވުންގެ ކިބައިން ސަލާމަތްކޮށްދެއްވައެވެ.

2) ހެޔޮވެގެންވާ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ލިބުމުގެ މަގަކީ الله އަށް އީމާންވުމެވެ.

3) ކާމިޔާބާއި ނަޞްރު ލިބުންވަނީ އީމާންކަމުގައެވެ. އަދި ތިމާގެ ބޭނުންތައް ޙާޞިލުވުމާއި ބިރުވެރިކަމުން ސަލާމަތްވުންވަނީ الله އަށް އީމާންވުމުގައެވެ.

4) އީމާންކަމުގެ ސަބަބުން ތިމާމެންގެ ނަފްސުތައް ޚުރާފީ ކަންތައްތަކުން ސަލާމަތްކޮށްދެއެވެ.

5)الله އަށް ޙައްޤުގޮތުގައި އީމާންވުމުން މެނުވީ އެކަލާނގެ ރުއްސެއްވުން ޙާޞިލު ނުވާނެއެވެ. އެކަލާނގެ ރުއްސެވުން ލިބިގެން މެނުވީ ސުވަރުގެއަށް ނުވަދެވޭހުއްޓެވެ.

ދެވަނަ ރުކުން : މަލާއިކަތުންނަށް އީމާންވުން

 “الملك” މިބަސް އައިސްފައިވަނީ އެބަހާގުޅިފައިވާ އޭގެ ކުރީބަސް ކަމުގައިވާ  “ألك” މިބަހުންނެވެ.  “المألكة” އަދި   “المألك މާނައަކީ   “الرسالة” އެވެ.    “الملائك” މަލާއިކަތުން މިބަސް އުފެދިފައިވަނީ މިދެންނެވި އަސްލުންނެވެ. އެހެނީ އެއީ މާތް ﷲ ގެ ރަސޫލުންނެވެ. އެބަހީ އެމަލާއިކަތުންނަކީ ﷲ ގެ ވަޙީ ނުވަތަ އެކަލާނގެ އަމުރުފަުޅުތަކުގެ ޚަބަރުތައް ގެނެސްދެއްވާފަރާތެވެ.

 މަލާއިކަތުންނަކީ الله ސުބުޙާނަހޫވަތަޢާލާ  ނޫރުން ހައްދަވާފައިވާ ބައެކެވެ.  الله ސުބުޙާނަހޫވަތަޢާލާ   އެބޭކަލުން އަހުރެމެންނަށް ފަރުދާ ކުރެއްވިއެވެ. ފަހެ، އެބޭކަލުން އަހުރެމެންނަކަށް ނުފެނެއެވެ. އަދި ބައެއްފަހަރު الله ސުބުޙާނަހޫވަތަޢާލާ  އެކަލާނގެ ބައެއް އަޅުންނަށް އެބޭކަލުން ކަޝްފު ކޮށްދެއްވިއެވެ. ފަހެ ހަމަކަށަވަރުން رسول الله صَلَّ اللهُ عَلَيْهِ وَسَلَّم ޖިބްރީލްގެފާނު އެކަލޭގެފާނުގެ އަސްލު ސޫރައިގައި ދެކެވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ހަސަތޭކަ ފިޔަފުޅުވިއެވެ. (އެކަލޭގެފާނުގެ ބޮޑުކަން) މުޅި އުދަރެސް ބައްދައިލެއްވިއެވެ. އަދި ޖިބްރީލުގެފާނު މަރިޔަމްގެފާނުގެ އަރިހަށް ފުރިހަމަ އިންސާނެއްގެ ސޫރާގައި ވަޑައިގަތެވެ. ފަހެ މަރިޔަމްގެފާނު އެކަލޭގެފާނާއި މުޚާތަބުކުރެއްވިއެވެ. އަދި އެކަލޭގެފާނުވެސް އެކަމަނާއާއި މުޚާޠަބު ކުރެއްވިއެވެ. އަދި رسول الله صَلَّ اللهُ عَلَيْهِ وَسَلَّم ގެ އަރިހުގައި އަޞްޙާބު ބޭކަލުން ތިއްބަވަނިކޮށްވެސް ޖިބްރީލްގެފާނު ވަޑައިގަތެވެ. މަލާއިކަތްބޭކަލުންނާއި ޙަވާލުކުރެވިގެންވާ ކަންތައްތަކެއް ވާކަން އަހަރެމެން ޤަބޫލުކުރަންޖެހެއެވެ.

މަލާއިކަތް ބޭކަލުންނަށް އީމާން ވުމުގެ ދަލީލަކީ:

آمَنَ الرَّسُولُ بِمَا أُنْزِلَ إِلَيْهِ مِنْ رَبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِنْ رُسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ ﴿٢٨٥﴾

މާނަ: ”  رسولއާއަށް، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةން ބާވައިލެއްވި އެއްޗަކަށް (އެބަހީ: ކީރިތި قرآنއަށް) رسولއާއާއި مؤمنން إيمانވިއެވެ. އެ އެންމެންމެ اللَّهއާއި، އެކަލާނގެ ملائكةންނާއި، އެކަލާނގެ (ބާވައިލެއްވި) ފޮތްތަކާއި، އެކަލާނގެ ފޮނުއްވި رسولންނަށް إيمانވިއެވެ. (އެއުރެން ބުނެތެވެ.) ތިމަންމެން، އެކަލާނގެ رسولންގެ ތެރެއިން އެކަކާމެދުވެސް ތަފާތެއް ނުކުރަމުއެވެ. އަދި، އެއުރެން ބުނޫއެވެ. ތިމަންމެން އަހައި ކިޔަމަންވެއްޖައީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ފާފަފުއްސަވައިފާނދޭވެއެވެ! އަދި، އެނބުރި ދިއުންވަނީ، އިބަރަސްކަލާނގެ حضرةއަށެވެ.

تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْ فَوْقِهِنَّ ۚ وَالْمَلَائِكَةُ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيَسْتَغْفِرُونَ لِمَنْ فِي الْأَرْضِ ۗ أَلَا إِنَّ اللَّهَ هُوَ الْغَفُورُ الرَّحِيمُ ﴿٥﴾

މާނައަކީ:” (اللَّهގެ ކީރިތިވަންތަކަމުން) އުޑުތައް އެތަކެތީގެމަތިން ފަޅަފަޅައިގެންދިއުމާ ގާތްވެއެވެ. އަދި ملائكةން، އެއުރެންގެ ވެރިރަސްކަލާނގެއަށް حمدއާއެކު تسبيحދަންނަވަތެވެ. އަދި ބިމުގައިވާ މީހުންނަށް ފާފަފުއްސެވުންއެދި، دعاءކުރައްވަތެވެ. ދަންނާށެވެ! ހަމަކަށަވަރުން، اللَّهއީ، ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ރަސްކަލާނގެއެވެ.

 وَلَهُ مَنْ فِي السَّماواتِ وَالأرض وَمَنْ عِنْدَهُ لا يَسْتَكْبِرُونَ عَنْ عِبادَتِهِ وَلا يَسْتَحْسِرُونَ  (الأنبياء: ١٩) 

މާނައަކީ:”އަދި އުޑުތަކާއި، ބިމުގައިވާހާ ބަޔަކު މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އެކަލާނގެ حضرةގައިވާ ملائكةން، އެކަލާނގެއަށް އަޅުކަން ކުރުމަކަށް ބޮޑާވެއެއްނުގަނެތެވެ. އަދި ވަރުބައްޔެއްވެސް ނުމެވޭމެއެވެ.

يُسَبِّحُونَ اللَّيْلَ وَالنَّهارَ لا يَفْتُرُونَ  (الأنبياء: ٢٠)

އެ ملائكةން ރެޔާދުވާލުފޫހިވުމެއްނެތި(އެކަލާނގެحضرةއަށް) تسبيح ދަންނަވަތެވެ.”

މަލާއިކަތުންނަށް އީމާންވާނީ ކިހިނެއް:

  • މަލާއިކަތުންނަކީ ޚަލްޤުކުރެއްވިބައެއްކަން ޤަބޫލް ކުރުން
  • ކޮންމެ މަލާއިކަތަކަށްވެސް އެމަލާއިކަތަކަށް ޙައްޤުވެގެންވާ ޤަދަރާއި އިޙްތިރާމްދިނުން
  • މަލާއިކަތުންގެ ތެރޭގައި އިންސާނުންގެ ތެރެއިންﷲ އިރާދަކުރައްވާ އަޅެއްގެ ގާތަށް ފޮނުއްވާ ރަސޫލުންވާކަން ދަންނަން ޖެހޭ.

މަލާއިކަތުންގެ ޢަދަދު:

މަލާއިކަތުންނަކީ ޢަދަދުގެ ގޮތުން ވަރަށްވެސް ގިނަބައެއްކަން އަޅުގަޑުމެނަށް އެގެއެވެ. އެހެންނަމަވެސް އެމަލާއިކަތުންގެ ޢަދަދު އެމަލާއިކަތުނގެ ވެރި ﷲ ފިޔަވައި އެހެން އެއްވެސްފަރާތަކަށް އެނގިގެނެއް ނުވެއެވެ.

قال تعالى: ” وما يعلم جنود ربك إلا هو”

މާނަ: “އަދި އެކަލާނގެ ޙަޞުރަތަށް މެނުވީ މަލާއިކަތުންގެ ޢަދަދު އެގިނގެނެއްނުވެއެވެ.

މަލާއިކަތް ބޭފުޅުންގެ ނަންފުޅުތަކައި މަސައްކަތް ފުޅުތަށް

     – މަލާއިކަތްބޭފުޅުންގެ ނަމާއި އެބޭކަލުން ކުރައްވަން ޖެހޭ މަސައްކަތްތައް ވެސް ވަނީ އަންގަވާދެއްވާފައެވެ. އޭގެތެރެއިން އަޅުގަޑުމެންނަށް އެގެނީ ވަރަށް މަދު އަދަދެއްގެ މަލާއިކަތުންގެ ނަން ފުޅުތަކެވެ.

  1. ޖިބްރީލްގެފާނަކީ ވަޙީގެ މަލާއިކަތާއެވެ. ވަޙީ އާއިގެން ﷲ ގެ ޙަޟްރަތުން އެކަލާނގެ އިރާދަކުރެއްވި ބޭކަލެއްގެ އަރިހަށް ވަޑައިގަނެއެވެ. އެއީ ނަބިއްޔުންނާއި ރަސޫލުންގެ އަރިހަށެވެ.
  2. ميكائيل ގެފާނަކީ ވާރެއާއި ގަސްގަހާގެހީގެ ކަންތައްތައް ޙަވާލުކުރެވުނު މަލާއިކަތާއެވެ.

        3.إسرافيل ގެފާނަކީ މީސްތަކުން މަރުވާ ހިނދުގަޔާއި ދެވަނަފަހަރަށް މީސްތަކުން ދިރިގެން ތެދުވާ ހިނދު ތާޅަފިލި ފުންމަވައިލެއްވުމުގެ ކަންތައް ޙަވާލުކުރެވުނު މަލާއިކަތާއެވެ.

  1. މަލަކަލްމައުތު ގެފާނަކީ މީސްތަކުން މަރުވާ ހިނދު މަރުހިއްޕެވުމުގެ ކަންތައް ޙަވާލުކުރެވުނު މަލާއިކަތާއެވެ

         5.އެބޭކަލުންގެ ތެރެއިން މާލިކު އަކީ ނަރަކައިގެ ބަނޑޭރިއެވެ.

  1. މައިންގެ ރަޙިމްތަކުގައިވާ ޅަދަރިންގެ ކަންތައްތައް ޙަވާލުކުރެއްވުނު މަލާއިކަތުންވެއެވެ.
  2. އާދަމުގެ ދަރިން ރައްކައުތެރިކުރުމާ ޙަވާލުކުރެވުނު މަލާއިކަތުންވެސްވެއެވެ.
  3. ސުވަތުގޭގެ ކަންތައްބަލަހައްޓާ މަލާއިކަތްބޭކަލުގެ ނަންފުޅަކީ ރިޟްވާން އެވެ.
  4. އިންސާނާ މަރުވުމުން ޤަބުރުގައި ސުވާލު ކުރައްވާނެ މަލާއިކަތްބޭކަލުން ނަކީ މުންކަރު އަދި ނަކީރު އެވެ.
  5. ޒިކުރު ކުރާ މަޖިލިސްތަކަށް ޙާޒިރުވާމަލާއިކަތް ބޭކަލުން ވެއެވެ.
  6. މީހުންގެ ޢަމަލުތައް ލިޔުމާ ޙަވާލުކުރެވުނު މަލާއިކަތުންވެސް ވެއެވެ. ކޮންމެ މީހަކަށް ދެމަލާއިކަތުން مقرر ކުރެވިފައިވެއެވެ.

 إِذْ يَتَلَقَّى الْمُتَلَقِّيانِ عَنِ الْيَمِينِ وَعَنِ الشِّمالِ قَعِيدٌ  ( ق: ١٧)

މާނައީ: ” (އެއީ އޭނާގެ) ކަނާތްފަރާތުގައްޔާއި، ވާތްފަރާތުގައި ތިއްބަވާ ދެ ملائكةން (އޭނާ ކުރާ ކަންތަކާއި، ބުނާ ބަސްތައް) ލިޔުއްވާހިނދުގައެވެ.

ما يَلْفِظُ مِنْ قول إِلاَّ لَدَيْهِ رَقِيبٌ عَتِيدٌ  ( ق: ١٨)

(ކުރާ عملތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި حاضرވެ ملائكة އަކުނެތި، އެނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ.”

ހާރޫތާއި މާރޫތް: މަލާއިކަތުންގެ ތެރެއިން އަނެއް ދެމަލާއިކަތުންނަކީ މާތް ﷲ ބަޔާން ކުރައްވާފައިވާފަދައިން ހާރޫތާއި މާރޫތެވެ.

قال تعالى: البقرة: 102.

  • މާނަ: އަދި سليمانގެފާނުގެ ވެރިކަމުގެ ޒަމާނުގައި شيطانންތައް ކިޔަވައި އުޅުނު ތަކެއްޗަށް އެއުރެން تبعވޫއެވެ. سليمانގެފާނު كافرވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ شيطانން كافرވޫއެވެ. އެއުރެން މީސްތަކުންނަށް سحر އުނގަންނައި ދިނުމުންނެވެ. އަދި بابلގައިވާ هاروتއާއި، ماروتއާއި ދެ ملائكةންގެ މައްޗަށް ބާވައިލެއްވި ތަކެއްޗާވެސް (އެއުރެން تبعވޫއެވެ.) ތިމަންމެން ވާކަން ކަށަވަރީ
    (إيمانކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) امتحانއެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) كافرނުވާށޭ ވިދާޅުވެ(نصيحةދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ ملائكةންއުނގަންނަވައެއް ނުދެއްވަތެވެ. ފަހެ، މީހާޔާއި އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް ވަކިކުރާނޭގޮތް އެ ދެ ملائكةންގެ ކިބައިން އެއުރެން އުނގެނި އުޅެތެވެ. اللَّهގެ
    إذنފުޅާލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެނިވި ބަޔަކު ކަމުގައި އެއުރެން ނުވެތެވެ. އެއުރެން އެ އުނގެނެނީ އެއުރެންނަށް ގެއްލުންދޭ، އަދި އެއުރެންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. ހަމަކަށަވަރުން، އެތަކެތި ގަތް މީހަކަށް آخرةގައި އެއްވެސް نصيبއެއް ނެތްކަން، އެއުރެންނަށް ކަށަވަރުކޮށް އެނގިފައިވެއެވެ. އެއުރެންގެ نفسތައް އެ އެއްޗަކަށް އެ ވިއްކައިލި އެއްޗެއްގެ ނުބައިކަން ބޮޑުކަމާއެވެ! އެއުރެން އެކަން ދަންނަ ކަމުގައި ވިނަމައެވެ.

وَمَا جَعَلْنَا أَصْحَابَ النَّارِ إِلَّا مَلَائِكَةً ۙ وَمَا جَعَلْنَا عِدَّتَهُمْ إِلَّا فِتْنَةً لِّلَّذِينَ كَفَرُوا لِيَسْتَيْقِنَ الَّذِينَ أُوتُوا الْكِتَابَ وَيَزْدَادَ الَّذِينَ آمَنُوا إِيمَانًا ۙ وَلَا يَرْتَابَ الَّذِينَ أُوتُوا الْكِتَابَ وَالْمُؤْمِنُونَ ۙ وَلِيَقُولَ الَّذِينَ فِي قُلُوبِهِم مَّرَضٌ وَالْكَافِرُونَ مَاذَا أَرَادَ اللَّهُ بِهَٰذَا مَثَلًا ۚ كَذَٰلِكَ يُضِلُّ اللَّهُ مَن يَشَاءُ وَيَهْدِي مَن يَشَاءُ ۚ وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ ۚ وَمَا هِيَ إِلَّا ذِكْرَىٰ لِلْبَشَرِ  (المدثر: 31)

މާނައަކީ:” އަދި ނަރަކައިގެ ބަނޑޭރިން ކަމުގައި، ތިމަންރަސްކަލާނގެ ملائكةން މެނުވީ ނުލައްވަމެވެ. އަދި كافرވި މީހުންނަށް امتحانއެއްކަމުގައި މެނުވީ އެ ملائكةންގެ عدد ނުލައްވަމެވެ. (އެއީ) ފޮތް ލިބުނު މީހުންނަށް يقينވުމަށާއި، އަދި إيمانވި މީހުންގެ إيمانކަން އިތުރުވުމަށާއި، އަދި ފޮތް ލިބުނު މީހުންނާއި إيمانވި މީހުން شك ނުކުރުމަށްޓަކައެވެ. އަދި އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވާ މީހުންނާއި، كافرން ބުނުމަށްޓަކައެވެ. މި مثالން اللَّه އިރާދަކުރެއްވީ ކޮންއެއްޗެއް ބާވައެވެ؟ އެފަދައިން اللَّه އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވަތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ لشكرގެ عدد، އެކަލާނގެ މެނުވީ ދެނެވޮޑިގެން ނުވެތެވެ. އަދި آدمގެދަރިންނަށް عبرةތެރި ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ، އެ ނަރަކަ ނުވެތެވެ.”

ހަމަކަށަވަރުން رسول الله صَلَّ اللهُ عَلَيْهِ وَسَلَّم ޚަބަރުދެއްވާފައިވެއެވެ. ހަމަކަށަވަރުން އުޑުގައިވާ البيت المعمور އަށް ކޮންމެދުވަހަކު ހަތްދިހަ ހާސް މަލާއިކަތުން ވަދެވަޑައިގަނެއެވެ. (އެހެން ރިވާޔަތެއްގައި ވަނީ އެތާނގައި ނަމާދު ކުރައްވަތެވެ.) އަދި އެ جماعة  ދެވަނަ ފަހަރަކަށް އަނބުރައި އެތަނަކަށް ވަޑައެއް ނުގަންނަވައެވެ.

haftha.mv ©