.
17 March 2017
މަޤްބޫލު ޙަބަރު

 لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنْزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ ۖ وَأَنْزَلْنَا الْحَدِيدَ فِيهِ بَأْسٌ شَدِيدٌ وَمَنَافِعُ لِلنَّاسِ وَلِيَعْلَمَ اللَّهُ مَنْ يَنْصُرُهُ وَرُسُلَهُ بِالْغَيْبِ ۚ إِنَّ اللَّهَ قَوِيٌّ عَزِيزٌ   (الحديد: 25)

މާނައީ:” ހަމަކަށަވަރުން ތިމަން ﷲ، ތިމަން ﷲގެ ރަސޫލުން ބަޔާންވެގެންވާ ދަލީލުތަކާއިގެން ފޮނުއްވީމެވެ. އަދި އެބޭކަލުންނާއިއެކު ފޮތް ބާވައިލެއްވީމެވެ. އަދި ޢަދުލުގެ ތިލަފަތްވެސް ބާވައިލެއްވީމެވެ. އެއީ މީސްތަކުން ޢަދުލުވެރިކަމާއެކު ޤާއިމްވެތިބުމަށެވެ.”

މާތް الله ސުބުޙާނަހޫވަތަޢާލާ  އެކަލާނގެ ރަސޫލުންގެ މައްޗަށް ފޮތްތަކެއް ބާވައިލެއްވިކަން ޤަބޫލުކުރަންޖެހެއެވެ. އެއީ ޢާލަމްތަކުގެ މައްޗަށް (ޖިންނީންނާއި އިންސީންގެ މައްޗަށް) ޙުއްޖަތެއްގެ ގޮތުގައެވެ. އަދި ޢަމަލު ކުރާމީހުންނަށް މަގެއްގެ ގޮތުގައެވެ. އެރަސޫލުބޭކަލުން އެބައިމީހުންނަށް އެފޮތްތަކުގެ ޒަރީޢާއިން ޙިކްމަތް އުނގަންނައި ދެއްވައެވެ. އަދި އުރެދުންތަކުން އެބައިމީހުން ޠާހިރުކުރައްވައެވެ.

 މާތްﷲ ބާވައިލެއްވި ފޮތްތަކުގެ ތެރެއިން އަހުރެމެން ދަންނަ ފޮތްތައް:

1- توراة: މިފޮތަކީ الله ސުބުޙާނަހޫވަތަޢާލާ  މޫސާގެފާނުގެ މައްޗަށް ބާވައިލެއްވި ފޮތެވެ. އަދި މިފޮތަކީ بنو إسرائيل މީހުންނަށް ދެވުނު އެންމެ ބޮޑު ފޮތެވެ.

نَّا أَنْزَلْنَا التَّوْرَاةَ فِيهَا هُدًى وَنُورٌ ۚ يَحْكُمُ بِهَا النَّبِيُّونَ الَّذِينَ أَسْلَمُوا لِلَّذِينَ هَادُوا وَالرَّبَّانِيُّونَ وَالْأَحْبَارُ بِمَا اسْتُحْفِظُوا مِنْ كِتَابِ اللَّهِ وَكَانُوا عَلَيْهِ شُهَدَاءَ ۚ فَلَا تَخْشَوُا النَّاسَ وَاخْشَوْنِ وَلَا تَشْتَرُوا بِآيَاتِي ثَمَنًا قَلِيلًا ۚ وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَٰئِكَ هُمُ الْكَافِرُونَ   (المائدة 44)

މާނައީ: “އެފޮތުގައި ހިދާޔަތާއި ނޫރުވެއެވެ. ﷲގެ ޙިކުމަތްތައް ތަސްލީމްކުރެއްވި ނަބިއްޔުންނާއި، ﷲ ފުރިހަމަގޮތުގައި ދެނެގެންތިބި ދީންވެރިންނާއި، އަދި އެދީނުގެ ޢިލްމުވެރިން އެފޮތުން ޔަހޫދީންގެ މެދުގައި ޙުކުމްކުރެއްވިއެވެ. އެއީ އެބޭކަލުންނަށް ﷲ ގެ ފޮތް (ތައުރާތު) ރައްކައުތެރިކުރުމަށް އަމުރުކުރެވިފައިވުމުގެ ސަބަބުންނެވެ. އަދި އެބޭކަލުން އެފޮތުގެ މައްޗަށް ހެކިވެރިންތަކެއް ކަމުގައި ވިއެވެ.”

2- إنجيل: މިފޮތަކީ މާތްﷲ الله ޢީސާގެފާނަށް މައްޗަށް ބާވައިލެއްވި ފޮތެވެ. އަދި މިފޮތަކީ ތައުރާތު ތަޞްދީޤު ކުރައްވާ އެފޮތް ފުރިހަމަ ކުރެއްވި ފޮތެވެ.

  وَقَفَّيْنَا عَلَىٰ آثَارِهِمْ بِعِيسَى ابْنِ مَرْيَمَ مُصَدِّقًا لِمَا بَيْنَ يَدَيْهِ مِنَ التَّوْرَاةِ ۖ وَآتَيْنَاهُ الْإِنْجِيلَ فِيهِ هُدًى وَنُورٌ وَمُصَدِّقًا لِمَا بَيْنَ يَدَيْهِ مِنَ التَّوْرَاةِ وَهُدًى وَمَوْعِظَةً لِلْمُتَّقِينَ  (المائدة: 46)

މާނައީ “އަދި ތިމަން ﷲ އެކަލޭގެފާނަށް (ޢީސާގެފާނަށް) އިންޖީލު ދެއްވީމެވެ. އެފޮތުގައި ހިދާޔަތާއި ނޫރުވެއެވެ. އަދި އެފޮތުގެ ކުރިން ބާވައިލެވުނު ތައުރާތު ތަޞްދީޤު ކުރާ ފޮތެއް ކަމުގައެވެ. އަދި ތަޤުވާވެރިންނަށް ހިދާޔަތާއި ނަސޭހަތެއް ކަމުގައެވެ.”

3زبور: މިފޮތަކީ މާތްﷲ ދާވޫދު ގެފާނަށް ދެއްވި ފޮތެވެ.

وَرَبُّكَ أَعْلَمُ بِمَن فِي السَّمَاوَاتِ وَالْأَرْضِ ۗ وَلَقَدْ فَضَّلْنَا بَعْضَ النَّبِيِّينَ عَلَىٰ بَعْضٍ ۖ وَآتَيْنَا دَاوُودَ زَبُورًا (الإسراء55)

މާނައަކީ:”   އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ދެނެވޮޑިގަތުން ބޮޑެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ބައެއް ނަބިއްޔުން އަނެއްބައި ނަބިއްޔުންގެ މައްޗަށް މާތްކުރެއްވީމެވެ. އަދި داودގެފާނަށް ތިމަންރަސްކަލާނގެ زبور ދެއްވީމެވެ.”

 އިބްރާހީމްގެފާނާއި މޫސާގެފާނުގެ صحيفة ތައް

 إِنَّ هَذَا لَفِي الصُّحُفِ الأولَى  (الأعلى 18)

މާނައަކީ: “ހަމަކަށަވަރުން، މިވާހަކަތައް، އިހުގެ ފަތްފުށްތަކުގައިވާކަން ކަށަވަރެވެ.

 صُحُفِ إِبْرَاهِيمَ وَمُوسَى (الأعلى19)

إبراهيمގެފާނާއި، موسىގެފާނަށް ބާވައިލެއްވި ފަތްފުށްތަކުގައެވެ.”

5- ކީރިތި قرآن: މިފޮތަކީ الله ސުބުޙާނަހޫވަތަޢާލާ އެކަލާނގެ އެންމެ ފަހުގެ ނަބިއްޔާ محمد رسول الله صَلَّ اللهُ عَلَيْهِ وَسَلَّم ގެ މައްޗަށް ބާވައިލެއްވި ފޮތެވެ.

وَأَنْزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ ۖ فَاحْكُمْ بَيْنَهُمْ بِمَا أَنْزَلَ اللَّهُ ۖ وَلَا تَتَّبِعْ أَهْوَاءَهُمْ عَمَّا جَاءَكَ مِنَ الْحَقِّ ۚ لِكُلٍّ جَعَلْنَا مِنْكُمْ شِرْعَةً وَمِنْهَاجًا ۚ وَلَوْ شَاءَ اللَّهُ لَجَعَلَكُمْ أُمَّةً وَاحِدَةً وَلَٰكِنْ لِيَبْلُوَكُمْ فِي مَا آتَاكُمْ ۖ فَاسْتَبِقُوا الْخَيْرَاتِ ۚ إِلَى اللَّهِ مَرْجِعُكُمْ جَمِيعًا فَيُنَبِّئُكُمْ بِمَا كُنْتُمْ فِيهِ تَخْتَلِفُونَ  (المائدة 48)

މާނައަކީ”އަދި ތިމަންރަސްކަލާނގެ حقގޮތުގައި ކަލޭގެފާނަށް ފޮތް ބާވައިލެއްވީމެވެ. އޭގެކުރިން ބާވައިލެއްވި ފޮތްތަކުގައިވާ ތަކެތި ތެދުކުރަނިވި ގޮތުގައެވެ. އަދި އެފޮތްތަކުގެ މައްޗަށް ހެކިވަނިވި ފޮތެއް ކަމުގައެވެ. ފަހެ، اللَّه ބާވައިލައްވާފައިވާ حكمން، އެއުރެންގެ މެދުގައި، ކަލޭގެފާނު حكمކުރައްވާށެވެ! އަދި ކަލޭގެފާނުގެ އަރިހަށް އައިސްފައިވާ حقގޮތާ خلافއަށް އެއުރެންގެ އެދުންތަކަށް ކަލޭގެފާނު تبعވެވަޑައިނުގަންނަވާށެވެ! ތިޔަބައިމީހުންގެ ތެރެއިން ކޮންމެ ބަޔަކަށްމެ، شريعةއަކާއި، ފާޅުވެގެންވާ މަގެއް، ތިމަންރަސްކަލާނގެ ލެއްވީމެވެ.”

 بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ  الم –  ذَٰلِكَ الْكِتَابُ لَا رَيْبَ فِيهِ هُدًى لِلْمُتَّقِينَ  (البقرة: 1 – 2)

މާނައަކީ:” ا ل م (މިއަކުރުތަކާއި ބައެއް سورة ފެށޭތާނގައިވާ އަލިފުބާގެ މިފަދަ އަކުރުތަކުގެ މާނައާމެދު، علمވެރިންގެމެދުގައި خلافހުށްޓެވެ. ބައެއް علمވެރިން ވިދާޅުވަނީ، ކީރިތި قرآن އެކުލެވިގެންވަނީ، عربىންގެ އެންމެން ވާހަކަ ދައްކައިއުޅޭ އަލިފުބާގެ މިފަދަ އަކުރުތަކުން ކަމުގައި ވުމާއެކުވެސް، އެ އަކުރުތަކަކީ، قرآنގެ އެންމެ سورةއަކާ އެއްފަދަ އެއްޗެއް ކީއްކުރަންތޯ، އެންމެ آيةއަކާ އެއްފަދަ އެއްޗެއްވެސް، އެއުރެންނަށް ގެނެސް ނުގަނެވޭނެކަމަށް ގޮންޖެއްސެވުމުގެ ގޮތުން އައިސްފައިވާ އަކުރުތަކެއް ކަމުގައެވެ.) މިއީ އެ ފޮތެވެ. އެ ފޮތާމެދަކު شكއެއް ނެތެވެ. (މިފޮތަކީ) تقوىވެރިންނަށްހުރި   هداية އެކެވެ.”

haftha.mv ©