.
28 May 2017
މަޤްބޫލު ޙަބަރު

މާތްﷲ، އިންސާނާ ޚަލްޤުކުރެއްވި މަރްޙަލާތައް ބަޔާންކުރައްވާފައިވާ ބައެއް އާޔަތްތައް އަލްމުއުމިނޫން ސޫރަތުގައި ވެއެވެ. މި ލިއުމުގައި ހިމަނާފައިވާނީ އެ ސޫރަތުގެ 12 ވަނަ އާޔަތުން ފެށިގެން 16 ވަނަ އާޔަތުގެ ނިޔަލަށެވެ.

            وَلَقَدْ خَلَقْنَا الْإِنسَانَ مِن سُلَالَةٍ مِّن طِينٍ (سورة المؤمنون‎‎12)
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މަށީގެ ޚުލާޞާއިން (އެބަހީ: މަށީން އުފެއްދެވި އުފެއްދެވުމަކުން) އިންސާނާ (އެބަހީ: އާދަމުގެފާނު) ހެއްދެވީމެވެ.

            ثُمَّ جَعَلْنَاهُ نُطْفَةً فِي قَرَارٍ مَّكِينٍ(سورة المؤمنون‎‎13)
ދެން ތިމަން ރަސްކަލާނގެ އެ އިންސާނާ، ރައްކާތެރި ތަނެއްގައި، ނުޠުފާއެއްގެ ގޮތުގައި ލެއްވީމެވެ.

           ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً فَخَلَقْنَا الْعَلَقَةَ مُضْغَةً فَخَلَقْنَا الْمُضْغَةَ عِظَاماً فَكَسَوْنَا الْعِظَامَ لَحْماً ثُمَّ أَنشَأْنَاهُ خَلْقاً آخَرَ فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ(سورة المؤمنون14‎‎)
ދެން ތިމަންރަސްކަލާނގެ އެ ނުޠުފާ، ގަނޑު ލޭކޮޅަކަށް ހެއްދެވީމެވެ. ދެން އެ ގަނޑު ލޭކޮޅު، މަސްކޮޅަކަށް ހެއްދެވީމެވެ. ދެން އެ މަސްކޮޅު، ކަށްޓަށް ހެއްދެވީމެވެ. ފަހެ، އެންމެ ފުރިހަމައަށް ތަކެތި ހައްދަވާ ﷲ، މަތިވެރިވެވޮޑިގެންވެއެވެ.

           مَّ إِنَّكُمْ بَعْدَ ذَلِكَ لَمَيِّتُونَ(سورة المؤمنون‎‎15)
 ދެން ހަމަކަށަވަރުން، ތިޔަބައިމީހުން އޭގެފަހުގައި މަރުވާނެކަން ކަށަވަރެވެ.

         ثُمَّ إِنَّكُمْ يَوْمَ الْقِيَامَةِ تُبْعَثُونَ(سورة المؤمنون‎‎16)
 ދެން ހަމަކަށަވަރުން، ތިޔަބައިމީހުން ޤިޔާމަތް ދުވަހުން، އަލުން ދިރުއްވައި މަޙުޝަރަށް ފޮނުއްވާނެތެވެ.

haftha.mv ©