.
19 June 2017
މަޤްބޫލު ޙަބަރު

ޙައްޖަކީ ވާޖިބު ކަމެއްކަމަށް ހުރިހާ ދަންނަބޭކަލުން އެއްބަސްވެލައްވައެވެ.

إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِي بِبَكَّةَ مُبَارَكًا وَهُدًى لِلْعَالَمِينَ (آل عمران: ٩٦)

މާނައީ: ހަމަކަށަވަރުން، މީސްތަކުންނަށްޓަކައި ފުރަތަމަ ލެއްވި، (އަޅުކަމުގެ) ގެޔަކީ، مكةގައިވާ ގެފުޅުކަން ކަށަވަރެވެ. بركاتލައްވާފައިވާ ތަނެއްގެ ގޮތުގައެވެ. އަދި، عالمތަކަށް ތެދުމަގެއް ކަމުގައެވެ.

فِيهِ آيَاتٌ بَيِّنَاتٌ مَقَامُ إِبْرَاهِيمَ ۖ وَمَنْ دَخَلَهُ كَانَ آمِنًا ۗ وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا ۚ وَمَنْ كَفَرَ فَإِنَّ اللَّهَ غَنِيٌّ عَنِ الْعَالَمِينَ ( آل عمران٩٧)

މާނައީ: ފާޅުވެގެންވާ ހެކިތަކެއް އެތާނގައި ވެއެވެ. إبراهيمގެފާނު ހުންނެވިތަން (އޭގެތެރެއިން) ވެއެވެ. އެތަނަށް (އެބަހީ: ގެފުޅުގެحرمފުޅަށް)ވަދެއްޖެމީހާއީ، أمانކަން ލިބިގެންވާ މީހަކު ކަމުގައިވިއެވެ. އެކަމަށް މަގެއްފެނި ކުޅަދާނަވެއްޖެ މީހާ،  އެ ގެފުޅަށް قصدކޮށްގެންދިއުމީ، (އެބަހީ: حجވުމަކީ) اللَّهއަށްޓަކައި މީސްތަކުންގެ މައްޗަށްއޮތް واجبއެކެވެ. (އެކަމާމެދު) ދެކޮޅުހަދައިފި  މީހާ،  (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّهއީ، އެންމެހާ عالمތައް ފިޔަވައި، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ.”

އެހެން ނަމަވެސް ޢުމްރާގެ ޙުކުމާއި ދޭތެރޭގައި ދަންނަބޭކަލުންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. ބައެއް ދަންނަބޭކަލުންގެ އަރިހުގައި ޢުމްރާއަކީ ވަޖިބު ކަމެކެވެ. މިބޭކަލުންގެ ދަލީލަކީ :

وَأَتِمُّوا الْحَجَّ وَالْعُمْرَةَ لِلَّهِ ۚ فَإِنْ أُحْصِرْتُمْ فَمَا اسْتَيْسَرَ مِنَ الْهَدْيِ ۖ وَلَا تَحْلِقُوا رُءُوسَكُمْ حَتَّىٰ يَبْلُغَ الْهَدْيُ مَحِلَّهُ ۚ فَمَنْ كَانَ مِنْكُمْ مَرِيضًا أَوْ بِهِ أَذًى مِنْ رَأْسِهِ فَفِدْيَةٌ مِنْ صِيَامٍ أَوْ صَدَقَةٍ أَوْ نُسُكٍ ۚ فَإِذَا أَمِنْتُمْ فَمَنْ تَمَتَّعَ بِالْعُمْرَةِ إِلَى الْحَجِّ فَمَا اسْتَيْسَرَ مِنَ الْهَدْيِ ۚ فَمَنْ لَمْ يَجِدْ فَصِيَامُ ثَلَاثَةِ أَيَّامٍ فِي الْحَجِّ وَسَبْعَةٍ إِذَا رَجَعْتُمْ ۗ تِلْكَ عَشَرَةٌ كَامِلَةٌ ۗ ذَٰلِكَ لِمَنْ لَمْ يَكُنْ أَهْلُهُ حَاضِرِي الْمَسْجِدِ الْحَرَامِ ۚ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّ اللَّهَ شَدِيدُ الْعِقَابِ (البقرة: ١٩٦)

މާނައަކީ: “ތިޔަބައިމީހުން اللَّهއަށްޓަކައި حجއާއި عمرة ފުރިހަމައަށް އަދާކުރާށެވެ! ފަހެ، އެކަމުގައި ތިޔަބައިމީހުން إحصارވެއްޖެނަމަ، (އެބަހީ: ދެކޮޅުވެރި ބަޔެއްގެ ސަބަބުން، ނުވަތަ އެނޫން ކަމެއްގެ ސަބަބުން ނަމަވެސް، حجވުމަށް ނުވަތަ عمرةވުމަށް ދިޔުމުގެ މަގު ބަންދުވެއްޖެނަމަ) هَدْىގެތެރެއިން ތަނަވަސްވެ ލިބުނު އެއްޗެއް ކަތިލުން ހުށްޓެވެ. އަދި هَدْى، އެ ކަތިލުމުގެ محلއަށް ފޯރައްޖައުމަށް ދާނދެން ތިޔަބައިމީހުން ބޯ ނުބާލާށެވެ! ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއްޖެމީހާ ނުވަތަ ބޮލުގައި ބައްޔެއް ހުރެއްޖެމީހާ (އެކަންކަމުގެ ސަބަބުން ބޯބާލައިފިނަމަ) ފަހެ، ރޯދައިން، ނުވަތަ صدقاتއެއް ދިނުމުން ނުވަތަ ކަތިލުމަކުން فديةއެއް ދިނުން ހުށްޓެވެ. ފަހެ، ތިޔަބައިމީހުންނަށް أمانކަން ލިބިއްޖެނަމަ عمرةއަށްފަހު، حجއާ ހަމަޔަށް ދާނދެން އަރާމު ލިބިގެންފިމީހާ (އެބަހީ: حجގެ ދުވަސްވަރުގައި عمرةގެ އަޅުކަން ނިމި، إحرام ކަނޑައިފުމުން، إحرامގެ ސަބަބުން حرامވާ ކަންތައްތައް ހުއްދަވުމަށްފަހު، مكةގައި ހުރެ އަލުން حجއަށް إحرامބަނދެފި މީހާ) هَدْىގެތެރެއިން ތަނަވަސްވެ ލިބުނު އެއްޗެއް ކަތިލުން ހުށްޓެވެ. ފަހެ، އެފަދަ އެއްޗެއް ނުލިބިއްޖެމީހާ حجގެތެރޭގައި ތިން ދުވަހު، އަދި حجން އެބުރި އައުމަށްފަހު ހަތް ދުވަހު ރޯދަހިފުން ހުށްޓެވެ. އެއީ ފުރިހަމަ ދިހަ ދުވަހެވެ. އެކަންއޮތީ، އެމީހެއްގެ أهلވެރިން حرمةތެރި ވެގެންވާ މިސްކިތް ހުރި ރަށުގެ ވަޒަންވެރިން ކަމުގައި ނުވާ މީހަކަށެވެ. އަދި ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! އަދި ހަމަކަށަވަރުން، اللَّهއީ عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ!”

އަނެއްބައި ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ޢުމްރާ ކުރުމަކީ ސުންނަތެކެވެ.

عَنْ جَابِرٍ أَنَّهُ قَالَ قُلْتُ : يَا رَسُولَ اللَّهِ الْعُمْرَةُ وَاجِبَةٌ وَفَرَيضَتُهَا كَفَرِيضَةِ الْحَجِّ؟ قَالَ :« لاَ وَأَنْ تَعْتَمِرَ خَيْرٌ لَكَ ».

މާތްﷲ ރުއްސުންލެއްވި ޖާބިރުގެފާނު އަރިހުން ރިވާކުރެއްވިގެންވެއެވެ.ތިމަންނަ ކީރިތި ރަސޫލާއާއި  ޢުމްރާއަކީ ވާޖިބެއްތޯ ދެންނެވުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ޢުމްރާ ކުރުމަކީ ދަރުމައާއި ޘަވާބު އިތުރުވެގެންދާނެ ކަމެކެވެ.

فِيهِ آيَاتٌ بَيِّنَاتٌ مَقَامُ إِبْرَاهِيمَ ۖ وَمَنْ دَخَلَهُ كَانَ آمِنًا ۗ وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا ۚ وَمَنْ كَفَرَ فَإِنَّ اللَّهَ غَنِيٌّ عَنِ الْعَالَمِينَ (آل عمران: ٩٧)

މާނައީ : ” ފާޅުވެގެންވާ ހެކިތަކެއް އެތާނގައި ވެއެވެ. إبراهيمގެފާނު ހުންނެވިތަން (އޭގެތެރެއިން) ވެއެވެ. އެތަނަށް (އެބަހީ: ގެފުޅުގެ حرمފުޅަށް) ވަދެއްޖެ މީހާއީ،
أمانކަން ލިބިގެންވާ މީހަކު ކަމުގައިވިއެވެ. އެކަމަށް މަގެއްފެނި ކުޅަދާނަވެއްޖެ މީހާ،  އެ ގެފުޅަށް قصدކޮށްގެންދިއުމީ، (އެބަހީ: حجވުމަކީ) اللَّهއަށްޓަކައި މީސްތަކުންގެ މައްޗަށްއޮތް واجبއެކެވެ. (އެކަމާމެދު) ދެކޮޅުހަދައިފި  މީހާ،  (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّهއީ، އެންމެހާ عالمތައް ފިޔަވައި، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ.”

އިސްވެދިޔަޙަދީޘް އާއި އާޔަތުގެ އަލީގައި ގިނަދަންނަ ބޭކަލުން ވިދާޅުވަނީ ޢުމްރާއަކީ ސުންނަތެއް ކަމުގައެވެ. ޙައްޖު ފަރުޟު ކުރެވުނީ ހިޖުރައިން 9 ވަނަ އަހަރުގެ ފަހުކޮޅުގައެވެ.

haftha.mv ©