.
20 June 2017
މަޤްބޫލު ޙަބަރު
  1.  ޙައްޖުގެ ސަބަބުން ފާފަތައް ފުއްސަވާދެއްވުމާއި ނަފްސު ތާހިރުވުން.
  2. އިސްލާމީ ޤައުމުތަކުގެ އަފްރާދުންގެ މެދުގައި ހޭލުންތެރިކަން އިތުރުވުން
  3. އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމާއި ހަމަހަމަކަން ހާމަވުން
  4. ޙައްޖާއި ޢުމްރާއަކީ އާޚިރަތް ދުވަހުގެ މަތިން ހަނދާންކޮށްދޭ ކަންތައްތަކެއް.
  5. މިއަޅުކަމަކީ ނިޢުމަތްތަކަށް ޝުކުރުކުރުން ހިމެނޭ ކަމެއް.
  6. އިސްލާމީ ދަޢުވަތު ފެތުރުމަށް މަސައްކަތް ކުރާ މީހުންގެ ޙަރަކާތްތަކަށް ތާޢިދާ މަދަދު ލިބުން
  7. މިއަޅުކަމަކީ ކެތްތެރިވާން ދަސްކޮށްދޭއަޅުކަމެއް
  8. ޙައްޖަކީ އިބްރާހީމްގެފާނުގެ މުޅި ޢާއިލާ ފަރާތުން މާތްﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން ދަސްކުރަންޖެހޭ ނަމޫނާއެއް.
  9. އިސްލާމީ އުއްމަތުގެ އެއްބަޔަކާއި އަނެއްބަޔަކު ތަޢާރަފްވުމަށް ލިބޭ ވަރަށް މާތް ފުރުޞަތެއް
  10. މަބުރޫރު ޙައްޖަކަށް ސުވަރުގެ ފިޔަވައި އެހެން ޖަޒާއެއް ނެތް
  11. ޢުމްރާއަކަށްފަހު ޢުމްރާއެއް އަދާކުރުމަކީ އެދެމެދުގައި ކުރެވޭ ކުށް ފާފަތަކުގެ ކައްފާރާއެއް
  12. ޙައްޖަށްޓަކައި ހޭދަކުރާ ހޭދަކުރުމުގެ ޘަވާބު 700 ގުނައަށް އިތުރުވުން
  13. ޙައްޖުވެރިންނާއި ޢުމްރާވެރިން ކުރާ ދުޢާ އިޖާބަކުރެއްވުން
haftha.mv ©