.
18 މާރޗް 2019
މަޤްބޫލު ޙަބަރު

އިސްލާމްދީނަކީ ދެދުނިޔޭގެ ކާމިޔާބު ލިބުމުގެ ހަމަ އެކަނި ނިޒާމުކަމެވެ. އެދީން ބާވައިލެއްވިއިރު އެމުޖުތަމަޢުގައި، ހުރި ހުރިހައި ކަމަކީ ގޯސް ކަންކަމެއް ނޫންކަމެވެ. އެމީހުންގެ އިޖްތިމާޢީ ބައެއް އުސޫލުތަކާއި އާދަކާދަތަކަކީ ދީނާއި އެއްވެސް ފުށުއެރުމެއްހުރި ކަމަކަށްނުވާތީ އެކަންކަން ދީނުގައި ނަހީކުރައްވާފައި ނުވާކަމެވެ. އަދި އެ މުޖުތަމަޢުގައި އެއިރު ވަކިގޮތަކަށް ކަމެއް ކުރަމުން ގޮސްފައިވުމަކީ ދީނުގައި އެނޫން ގޮތެއް ހުއްދަނުވުން ނޫންކަމެވެ. ދީނުގެ ޙުކުމެއްގެ ގޮތުން އެގޮތަކީ އެއީ ހަމައެކަނި ދީނީ ގޮތްކަމަށް ކަނޑައެޅިފައި ނުވާނަމައެވެ.

ފަރްދީ އަދި އިޖްތިމާޢީ ގުޅުންތަކާއި، އިގްތިސާދި އަދި މާލީ ނިޒާމާއި، ޣައިރު މުސްލިމުންނާއި ގުޅުން ބަހައްޓަންވީގޮތާއި، ޒީނަތްތެރިވުމާއި ހެދުންއެޅުންފަދަ ކަންކަމުގައި އިސްލާމްދީނުގައި ވަނީ އިންތަކަކާއި، އުސޫލުތަކެއް ކަނޑައަޅުއްވާފައެވެ. އިސްލާމީ ހުރިހައި މުޖުތަމަޢެއްގައި އެންމެހައި މުސްލިމުން އެއްގޮތަށް ކުރަންޖެހޭ ކަންތައްތައް ދީނުގައިވަނީ ވަރަށް ތަފްސީލުކޮށް ކަނޑައަޅުއްވާފައެވެ. އެނޫން ކަންކަމަކީ ހުރިހައި އެންމެން އެއްގޮތް ކުރަންޖެހޭކަމެއް ނޫނެވެ. ދީނުގައި ކަނޑައަޅުއްވާފައިވާ އިންތައް ފަހަނައަޅައި ނުދާނަމަ އެއީ އިސްލާމީ އުސޫލުތަކާއި ޚިލާފުވީކަމުގައެއް ނުބެލެވޭނެއެވެ.

ﷲ އަށް އީމާންވާ ހަމަ ކޮންމެ މުއުމިނެއްގެވެސް އަމާޒަކަށް ވާންޖެހޭނީ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައިވާ މުއުމިނުންގެ ސިފަތަކުން ސިފަލިބިގަތުމަށް މަސައްކަތް ކުރުމެވެ. ދުނިޔެ އާރާސްތު ކުރުމާއި، މީސްތަކުންގެ މަޞްލަޙަތުތައް ޙިމާޔަތްކުރުންވެސް ހިމެނޭގޮތުން، ﷲ އަށް އަޅުކަން ކުރަންޖެހޭ އެންމެ ފުރިހަމަ މާނާގައި އެކަލާނގެއަށް އަޅުކަންކުރުމަށްފަހު،އެކަލާނގެ ރުއްސެވުމާއިއެކު ނިޢުމަތްތަކުން ފުރިގެންވާ ސުވަރުގޭގެ އަހުވެރިއެއްކަމުގައި ވޭތޯ މަސައްކަތް ކުރުމެވެ.

haftha.mv 2004 ©