.
03 April 2019
މަޤްބޫލު ޙަބަރު

ދޮގު ހަދާމީހުންނަކީ މުޖުތަމަޢް އަށް ހުރި ނުރައްކަލެއްހެއްޔެވެ؟ ނޫންނަމަ ދޮގު ހެދުން އެއީ ހަމައެކަނި ބައްޔެއްހެއްޔެވެ؟ ޖަވާބުގައި ނަފްސާނީ ޢިލްމުވެރިން ބުނަނީ  ދޮގުހަދާމީހުންނަކީ ނަފްސާނީ ގޮތުން ބަލި ކަށި ކަމެއްލިބިފައިވާ ބައެކެވެ. އެފަދަ މީހުންނަށް ދޮގެއް ހަދާލުމުން ނޫނީ ހިތްހަމަ ޖެހުމެއް ނުލިބޭނެއެވެ.

މިނުބައި އާދަ އަށަގަންނަނީ ކުޑައިރުއްސުރެއެވެ. ބޮޑުވާވަރަކަށް ހަދާ ދޮގުތައްވެސް ދާނީ ބޮޑެތި ވަމުންނެވެ.ބައެއް ފަހަރު އެމީހުންނަށް ލިބޭ މަޢުލޫމާތުގެ ތެރެއަށް ދޮގު އިތުރު ކޮށްގެން ވެސް ވާހަކަ ހަދައެވެ.ވުމާއި އެކު ދޮގުވެރިންނަކީ މުޖުތަމަޢް އަށް ހުރި ނުރައްކަލެއްހެއްޔެވެ؟

ދޮގު ހަދާ މީހުން ބެހެނީ 3 ބަޔަކަށެވެ. ފުރަތަމަ ބަޔަކީ އެއްބަޔަކު އަނެއްބަޔަކާއި ފިތުނައާއި ރުޅިވެރިކަން އުފެއްދުމެއް މީހުން ހަދާ ދޮގުތަކެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި މިވައްތަރުގެ މީހުންނަކީ މުޖުތަމަޢް އަށް ހުރި ވަރަށް ބޮޑު ނުރައްކަލެކެވެ. ގިނަފަހަރު ބޮޑެތި ޖަރީމާ ތަކުގެ މުގުލުގައި ވަނީ މީހަކު ބުނެލާ ދޮގު ވާހަކަ ތަކެވެ.

އޭގެ މިސާލަކީ ދެމަފިރިންގެ ދޭތެރޭގައި ފިތުނައުފައްދަން ބޭނުންވާ މީހަކު ފިރިއެއް ގާތު އޭނާގެ އަނބިމީހާ އޭ ކިޔައިގެން ދޮގުވާހަކަ ތަކެއް ދެއްކުމުން ފިރިމީހާ އެއްވެސް ބަލާލުމެއް ނެތި އަނބިމީހާ ވަރި ކުރުމެވެ. ނުވަތަ އަނބިމީހާ އަށް އަނިޔާކޮށް ހެދުމެވެ. މިހުރިހާ ކަމެއްގެ ފެށުން ގުޅިފައިވަނީ މި ބުނި ދޮގު ވެރިޔާއާއިއެވެ. ހަމަ އެގޮތަށް މުޖުތަމަޢުގެ އެކުވެރިކަން ގެއްލި އާޢިލާ ތައް ރޫޅި މީހުންގެ މެދުގައި ބަދަލުހިފުމާއި ފިތުނަވެރިކަން ދޮގު ގެ ސަބަބުން އުފައްދައެވެ.

ދޮގުގެ ދެވަނަ ވައްތަރަކީ މީހުންގެ މެދުގައި ސުލުޙަ ޤާއިމު ކުރަން ހަދާ ދޮގެވެ. ހަމައެގޮތަށް ޚުޝާމިދުކޮށް، މަދަޙަ ކިޔުމަށް ވެސް ބައެއްމީހުން ދޮގު ހަދައެވެ.

haftha.mv ©