• Mon, 13 July, 2020, 1:41 pm

  މިފަނާވަނިވި ދުނިޔެގެ އަރާމާއި ލައްޒަތަށްވުރެ އާހިރަތް އިސްކުރޭ: ހުތުބާ

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  މިފަނާވަނިވި ދުނިޔޭގެ އަރާމާއި ލައްޒަތަށްވުރެ އަހިރަތް އިސްކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައްވައިފިއެވެ.

  “ރަމަޟާންމަހުގެ ފަހުދިހައިގެ މާތްކަން” ގެ މައުޟޫއަށް މިއަދު ދެއްވި ހުކުރު ހުތުބާގައި ވިދާޅުވީ، ކުރިއަށް އޮތް އަހަރަށް ފޮނި އުއްމީދުތަކެއް ކުރަމުންދާއިރު، އެ އަހަރު ދުނިޔެ ދޫކުރަންޖެހުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

  އެހެންކަމުން މިފަނާވަނިވި ދުނިޔޭގެ އަރާމާއި ލައްޒަތަށްވުރެ އާހިރަތް އިސްކުރުމަށް ހުތުބާގައި ވިދާޅުވެފައިވެއެވެ.

  “ލައިލަތުލް ޤަދްރިވިލޭރޭ ﷲ ހުރިހާ ނިޔާއެއް އިއުލާން ކުރައްވާހިނދު، އެ އިލާހު ރުއްސަވާ ހެޔޮ އަމަލެއްގައި ވުމަށް މަސައްކަތް ކުރަމާތޯއެވެ. އެރޭ ﷲ އަށް މުނާޖާ ދަންނަވައި ދުނިޔެއާއި އާހިރަތުގެ ހެވަށް އެދި ދުއާ ކުރުމުގައި ތިބޭ މީހުންގެ ތެރެއިން ވަމާތޯއެވެ. އެރޭގެ ދުއާގެ ސަބަބުން އުމުރު ދިގުވެ، ރޯދި ބަރަކާތުގެ ދޮރުތައް އެބަޔަކަށް ހުޅުވޭ މީހުންގެ ތެރެއިންވުމަށް ގަދަ އަޅައި މަސައްކަތް ކުރަމާތޯއެވެ،” ހުތުބާގައި ވިދާޅުވިއެވެ.

  ހުތުބާގައި އިތުރަށް ވިދާޅުވީ، އެންމެ އެދެވޭގޮތުގައި ރަމަޟާން މަހުގެ ދުވަސްތައް ހޭދަ ނުކުރެވުނު މީހުންނަށް ވެސް ފަހުދިހައަކީ ރަނުގެ ފުރުސަތެއް ކަމަށެވެ. އެގޮތުން ފަހު ދިހައިގައި ހެޔޮ އަމަލު ގިނަކޮށްގެން ލައިލަތުލް ޤަދްރިވިލޭރޭގެ ސަވާބު ލިބިގެންފިމީހަކަށް އެ ލިބުނީ އެމީހެއްގެ ހަޔާތުގައި ލިބޭނެ އެންމެ މަތިވެރި ހެޔޮކަމާއި ނަސީބު ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

  “އެރޭ ﷲ އެއްކައުވަންތަކުރާ ހާލު އެއިލާހުގެ ހަޟްރަތުން ޘަވާބާއި ދަރުމައަށް އެދިގެން އަޅުކަން ކޮށްފިމީހާއަށް އޭނާގެ އިސްވެދިޔަ ހުރިހާ ފާފައެއް ފުއްސެވޭނެ ކަމުގެ އުފާވެރި ހަބަރު ނަބިއްޔާ ވަނީ ދެއްވާފައެވެ،” ހުތުބާގައި ވިދާޅުވެފައިވެއެވެ.

  މާތް ﷲގެ އޯގާވަންތަކަމުން މުސްލިމުންނަށްޓަކާ ފަހުދިހައިގެ ތެރޭގައި ބަރަކާތުން ފުރިގެންވާ ލައިލަތުލް ގަދްރިވިލޭރޭ ލައްވާފައިވާކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، ލައިލަތުލް ގަދްރިވިލޭރޭ އަކީ ރަހްމާންވަންތަ، ﷲ ދެއްވާ ދެއްވުންތަކުގެ ތެރެއިން ހިތަށް ނުގެނެވޭފަދަ ދީލަތިވަންތަ ބަރަކާތް ދެއްވުމެއް ކަމަށެވެ.

  އަދި އެރޭ އަޅުކަމުގައި ދެމިތިބި ކޮންމެ ބަޔަކަށް ފާފަފުއްސެއްވުން އެދި އެ މަލާއިކަތުން ދުއާ ކުރައްވާނެ ކަމަށާއި އެރެއަކީ ފަތިސްވެ އަލިވިލެންދެން އަމާންވެގެންވާ ރެއެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

  އެރޭގެ މާތްކަން ބަޔާންކުރައްވާ ﷲ ތައާލާ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

  “މަލާއިކަތުންނާއި ޖިބްރީލުގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ އިޒްނަ ފުޅާއެކު، ހުރިހާ އަމުރު ފުޅަކާއިގެން އެރޭ ފައިބާ ވަޑައިގަންނަވާނެތެވެ،”

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.