Sun, 19 January, 2020, 1:37 pm
ޤުރުއާނުގައިވާ ބައެއް މުހިންމު ދުޢާތައް

ދުޢާ ކުރުމުގައި ބޭނުން ކުރެވިދާނެ އެންމެ މޮޅު، އެންމެ ބަލާޣަތްތެރި ދުޢާ އަކަށް ވާނީ، މާތް ﷲގެ ކަލާމްފުޅު ކަމުގައިވާ ކީރިތި ޤުރުއާނުގައިވާ ދުޢާތަކެވެ.

އެގޮތުން ކީރިތި ޤުރުއާނުގައި ހިމެނޭ ބައެއް ދުޢާތަކުގެތެރޭގައި

ސޫރަތުލް ބަގަރާގެ 201 ވަނަ އާޔަތް:

“އަޅަމެންގެ ވެރި ރަސްކަލާކޯއެވެ! ދުނިޔޭގައި ހެޔޮކަން އަދި އާޚިރަތުގައި ވެސް
ހެޔޮކަން އަޅަމެންނަށް ދެއްވާނދޭވެ، އަދި ނަރަކައި އަޒާބުން އަޅަމެންދިންނަވާނދޭވެ” އޭކިޔައި ދުއާ ކުރާ މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ”

ސޫރަތުއް ތަޙްރީމްގެ 8 ވަނަ އާޔަތް

“އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ނޫރު އަޅަމެންނަށް ފުރިހަމަކޮށްދެއްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ”

ސޫރަތުލް މުމްތަޙިނާގެ 4 ވަނަ އާޔަތް

“އަޅަމެންގެ ވެރިރަސްކަލާކޮ! ހަމައެކަނި، އިބަރަސްކަލާނގެއަށް އަޅަމެން ވަކީލު ކޮށްފީމުއެވެ. އަދި ހަމައެކަނި، އިބަރަސްކަލާނގެ ހަޟްރަތަށް އަޅަމެން ރުޖޫއަވެ ތައުބާ ވެއްޖައީމުއެވެ. އަދި އެނބުރި ދިޔުންވަނީ، އިބަރަސްކަލާނގެ ހަޟްރަތަށެވެ”

ސޫރަތުލް ޙަޝްރުގެ 10 އާޔަތް

އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނާއި އަދި އަޅަމެންނަށްވުރެ ކުރިން އީމާންވި، އަޅަމެންގެ އަހުންނަށް ފާފަފުއްސަވާނދޭވެ! އަދި އީމާންވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި ހަސަދަވެރިކަމެއް ނުލައްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، ރަހީމްވަންތަ ރަސްކަލާނގެއެވެ.”

ސޫރަތުލް ފުރުޤާންގެ 74 ވަނަ އާޔަތް

“އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤްވާ ވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!”

Leave a comment

Your email address will not be published.