Fri, 5 June, 2020, 10:07 am
“އަމަލުތަކުގެ ހިސާބު ބެއްލެވުމުގެ ކުރިން، ނަފްސުތައް ހިސާބު ކުރާށެވެ.”
4

ތަރައްގީވެ ކުރިއަރާފައިވާ މި ޒަމާނުގައި އެތައް ހޯދުންތަކެއް ދަނީ ހޯދަމުންނެވެ. އެތައް ކަމެއް ދަނީ އީޖާދު ކުރަމުން ނެވެ. ޒަމާނާއެއްވަރަށް ދުނިޔެ ކުޑަވެ މިއަދު އިންސާނުންނަކީ ތަންދޮރު ވަކިވެފައިވާ ބައެ ކެވެ. ނަމަވެސް އެއްވެސް އިންސާނަކަށް ނޭނގޭ ކަމެއްވެ އެވެ. އެއީ މަރެވެ.

މާތް ﷲގެ ހަޟްރަތަށް އެބުރި ރުޖޫއަވާނީ ކޮން އިރަކު ކަމެއް އެކަކަށް ވެސް ނޭނގޭނެ ކަމަށެވެ. އެހެންކަމުން ކޮންމެ މުސްލިމަކީ އަބަދާއި އަބަދު އޭނާގެ ނަފްސު ވަޒަންކުރުން މަތީ ދެމިހުންނަންޖެހޭ މީހެކެވެ. މަރަށް ފުރިހަމައަށް ތައްޔާރުވާން ޖެހެއެވެ.

ކޮންމެ މީހަކުވެސް މަރުވާނޭކަން ދަނެ، ތިމާގެ އަމިއްލަ ނަފްސަށް ރައްކާތެރިވެ މުހާސަބާ ކުރަންޖެހެއެވެ. ތިމާގެ އީމާންކަމުގެ ވިންދުހުރީ ކިހާ މިންވަރަކަށްތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ.

އަދި ތިމާގެ ހިތުގައި މާތް ﷲ އަށާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم އަށްޓަކާ އުފެދިފައިވަނީ ކިހާ މަތިވެރި ލޯތްބަކާއި ކިޔަމަންތެރި ކަމެއްތޯ ބަލަންޖެހެއެވެ. މާތް ﷲ އާއި އެކަލާނގެ ރަސޫލާގެ އަމުރުފުޅުތަކަށް އަމަލުކުރެވޭ މިންވަރު ބެލުމަކީ މީހާ ހެޔޮކަންތަކާ ވީފަރާތަށް ގެންދިއުމުގެ ބާރެކެވެ.

ނަސްފުތައް ހިސާބު ކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެން މުސްލިމުންގެ ދެވަނަ ހަލީފާ އުމަރުގެފާނު ވިދާޅުވެފައިވެއެވެ.

“ތިޔަބައިމީހުންގެ އަމަލުތަކުގެ ހިސާބު ބެއްލެވުމުގެ ކުރިން، ތިޔަބައިމީހުންގެ ނަފްސުތައް ހިސާބު ކުރާށެވެ. އަދި ތިޔަބައިމީހުންގެ އަމަލުތައް ވަޒަން ކުރެވުމުގެ ކުރިން ތިޔަބައިމީހުން އަމިއްލަ ނަފްސުތައް ވަޒަން ކުރާށެވެ. ދުނިޔެ އަކީ އަމަލުކުރުމުގެ މައިދާށެވެ. މިއަދު ތިޔަބައިމީހުން އަމިއްލަ ނަފްސުތައް ވަޒަން ކުރާށެވެ. ދުނިޔެ އަކީ އަމަލުކުރުމުގެ މައިދާނެވެ. މިއަދު ތިޔަބައިމީހުންގެ ނަފްސުތައް ހިސާބުކުރުމަކީ، މާދަމާ ތިޔަބައިމީހުންގެ ނަފްސުތައް ހިސާބު ކުރެއްވުމަށް ވުރެ ލުއިވެގެންވާ ކަމެކެވެ”

Leave a comment

Your email address will not be published.