• Sun, 5 July, 2020, 1:53 am

  ”ހަމަކަށަވަރުން ޝިރުކާއި ކުފުރާއި މީހާ ވަކިކޮށްދޭ އިންފާރަކީ ނަމާދު އެޅުމެވެ“

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  “ތިޔަބައިމީހުން ނަރަކައަށް ވެއްދީ ކޮންކަމެއް ހެއްޔެވެ. އެރުރެން ބުނާނެތެވެ. ނަމާދުކުރާ މީހުންގެ

  ނަމާދަކީ އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން ދެވަނަ ރުކުނެވެ. މިފަދަ މަތިވެރި އަޅުކަމެއް ކުރުމުގެ މުހިންމުކަން އެނގޭ ފަދައިން މިފަދަ މަތިވެރި އަޅުކަމެއް ދޫކޮށްލުމަކީ ވެސް ކިހާވަރެއްގެ ކަމެއްކަން އަޅުގަނޑުމެން މުސްލިމުންނަށް އެނގުމަކީ ލާޒިމު ކަމެކެވެ.

  ނަމާދާމެދު ރައްކާތެރިވުމަކީ ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ އަޅުގަނޑުމެން ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާ އެކެވެ. އެހެންކަމުން އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރިންނަކީ ނަމާދަށް ރައްކާތެރިވާ ބައެއްކަމުގައި ހެދުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރަން އެބަޖެހެއެވެ.

  މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

  “ފަހެ ތިޔަބައިމީހުން ނަރަކައަށް ވެއްދީ ކޮންކަމެއް ހެއްޔެވެ. އުއުރެން ބުނާނެތެވެ. ނަމާދުކުރާ މީހުންގެ ތެރެއަކު ތިމަންމެން ނުވަމުއެވެ.

  އަދި ނަރަކައަކީ ކޮބައިކަން ބަޔާން ކޮށްދެއްވަމުން ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

  “އެ ނަރަކައަކީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮން އެއްޗެއްތޯއެވެ. އެ ނަރަކަ (ނާންދާ) އެއްވެސް އެއްޗެއް ނުބަހައްޓަތެވެ. އަދި ދޫކޮށެއްވެސް ނުލަތެވެ.”

  ނަމާދާއި ބެހޭގޮތުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

  رَأْسُ الْأَمْرِ الْإِسْلَامُ، وَعَمُودُهُ الصَّلَاةُ 

  މާނައީ: ”ހުރިހާ ކަމެއްގެ އެންމެ އިސްކަމަކީ އިސްލާމް ކަމެވެ. އަދި އޭގެ ތަނބަކީ ނަމާދެވެ…“

  ތަނބަކީ ގޭގެ ފުރާޅު ނުވަތަ މަތީ ބައިތައް ހަރުކޮށްދޭ އެއްޗެވެ. އެތަނބު ހަލާކުވެއްޖެނަމަ ގެ ވެއްޓޭނެއެވެ. މަތީގައިވާ ބުރިތައް ވެސް ވެއްޓޭނެއެވެ. އިސްލާމްދީނުގައި ނަމާދަކީ ވެސް މިފަދަ ކަމެކެވެ. އަޅުގަނޑުމެންގެ ދީން ލައްކޮށްފައި ހުންނަ ތަނބަކީ އެއީއެވެ. އެ ދޫކޮށްލައިފިނަމަ، ދެން ބާކީ އޮންނާނީ ކޮންއެއްޗެއްތޯއެވެ؟

  އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ.

  إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكَ الصَّلَاةِ 

  މާނައީ: ”ހަމަކަށަވަރުން ޝިރުކާއި ކުފުރާއި މީހާ ވަކިކޮށްދޭ އިންފާރަކީ ނަމާދު އެޅުމެވެ.“

  މި ޙަދީޘުގައި ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމަ ކުފުރާއި ޝިރުކު ކުރުމާއި މުސްލިމުން ވަކިކޮށްދޭ ކަމަކީ، އެބަހީ ކާފަރުވުމުން، ތަފާތުކޮށްދޭ ކަމަކީ ނަމާދު އެޅުންކަމުގައި މިވަނީ ބަޔާން ކޮށްދެއްވައިފައެވެ.

  އެހެންކަމުން ނަމާދު އެޅުމުން މި ތަފާތު މި އިންފާރު ލުހިގެންދެއެވެ. އެހެންކަމުން ކުފުރާއި ޝިރުކަށް އެމީހަކު ވެއްޓިގެންދެއެވެ.

  ނަމާދު ކުރުން ދޫކޮށްލައިފިނަމަ، ދޫކޮށްލާ މީހާ ދީނުން ބޭރުވާނެ ކަމަށް ހުރިހާ ޞަޙާބީ ބޭކަލުން އިޖުމާޢު ވެވަޑައިގަންނަވައެވެ. ތާބިޢީ ބޭކަލުންގެ ތެރެއިން އެންމެ ހެޔޮބޭކަލުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ޢަބްދުﷲ ބިން ޝަޤީޤް ރަޙިމަހުﷲ ބަޔާންކުރައްވައެވެ.

  ”ޢަމަލުތަކުގެ ތެރެއިން އެކަމެއް ދޫކޮށްލުމުން ކުފުރުވާނެ ކަމަށް ޞަޙާބީ ބޭކަލުން ދެކެވަޑައިނުގަންނަވައެވެ. ނަމާދު މެނުވީއެވެ.“ އެބަހީ: ނަމާދު ދޫކޮށްލައިފިނަމަ އަޅައިފިނަމަ ކުފުރުވާނެ ކަމަށް ދެކެވަޑައިގަންނަވައެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.