• Mon, 13 July, 2020, 1:00 pm

  ޤައުމު ދުށް މަތިވެރި ބަތަލުންގެ އަޑު އަޅުގަނޑުމެންގެ ކަންފަތުން އަބަދާ އަބަދު ގުގުމާ

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  އާދެ އަޅުގަނޑުމެންގެ ގައުމާއި ދީނާ ވަތަން ހަމައެއާއެކު ރައްޔިތުންގެ ހިމާޔަތުގައި އެތައް ބަތަލުނެއް އަޅުގަނޑުމެންގެ ގައުމު ދެކެފައިވާއިރު ޤައުމު ދުށް މަތިވެރި ލޮބުވެތި ބަތަލުންގެ އަޑު އަޅުގަނޑުމެންގެ ކަންފަތުން އަބަދާ އަބަދު ގުގުމައެވެ. ދޮން ބަންޑާރައިންނާއި މުހައްމަދު ތަކުރުފާނުގެ އިތުރުންވެސް އެތައް ބޭކަލުންނެކެވެ. އެބައެއްގެ ވާހަކަ އަޅުގަނޑުމެން ދިވެހިން ހަނދާންކުރާނެ އެތައް ބަތަލުންނެއް ދިވެހި ގައުމުގެ ފަސްގަނޑުގެ ދަށުގައި ވިނަމަވެސް އަދިވެސް ދިރިތިބީންގެ ގޮތުގައިވާ އެތައް ޝަހީދުންނެއް އަޅުގަނޑުމެނާއެކު ވެއެވެ. ގައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި ޖާނާއި މާލުން ގުރުބާންވި އެތައް އަބްތާލުންނެއްގެ ޒިކުރާ އަޅުގަނޑުމެން ތާއަބަދު އާކުރާނަމެވެ.އެހެންކަމުން މިއަދަކީވެސް އެޒިކުރާ އަޅުގަނޑުމެންއާކުރާ އެއްދުވަހެވެ.

  އާދެ މިއަދަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތިންވަނަ ދުވަހު ދިވެހި ގައުމަށް ހަތިޔާރުއެޅު ކުލީސިފައިންގެ ބަޔަކު އަރާ ގައުމު ފުޑުފުޑުކޮށްލާ މިގައުމުގެ އެތަށް ދިވެހީންނެއް ޝަހީދު ކޮށްލި ހިތްދަތި އެހިތާމަވެރި ދުވަހުގެ ޒިކުރާއާކުރާ ދުވަހެވެ. އެހެންކަމުން މިއަދާއި ހަމަޔަށްވެސް އެދުވަހުގެ ޒިކުރާއަޅުގަނޑުމެން އާކުރަމުންދާއިރު މިއަދުވެސް އެ ދުވަހުގެ ބިރުވެރިކަން އަޅުގަނޑުމެން ދިވެހިންގެ އެތަށް ބައެއްގެ ހިތްތަކުގައި ބިންވަޅުނެގިފައިވެއެވެ. އާދެ އެދުވަހު ސިފައިންގެ ވަޒީފާގައިތިބި ފަރާތްތަކުގެ ތެރެއިން އަޅުގަނޑުމެން ދިވެހިންގެ ހިމާޔަތުގައި އައްޑަނައެއްގެ ގޮތުގައި މޭދިއްކޮށްލައި ދިވެހިބިމަށް ސާފުލޭ އޮހޮރުވާލީ ޝަހީދުންގެ ވާހަކަ ދައްކަން ޖެހެއެވެ. އެގޮތުން ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު އެއްވެސް ޖެހިލުމެއްނެތި އަދުއްވުންނާ ކުރިމަތިލައި ގައުމަށްޓަކައި ލޭ އޮހޮރުވާލި ސިފައިންގެހިތްވަރުގަދަ ލަޝްކަރުގެ ތެރެއިން ކޯޕްރަލް ޝަހީދު ޙުސައިން މުޙައްމަދަކީ މަތިވެރި ޝަހީދެކެވެ.

  އެގޮތުން ދިވެހި ދައުލަތުން މިކަން ފާހަގަ ކުރައްވައި އެފަރާތަށް ވަނީ މަގާމުގެ ކުރިއެރުންދެއްވައި ހުރަވީ ރިހި މެޑަލް އާއި ޖިހާދުގެ ރަތް މެޑަލް ހަމައެއާއެކު 3 ނޮވެމްބަރުގެ މެޑަލް ދެއްވާފައެވެ. 3 ނޮވެމްބަރުގެ އިތުރު ޝަހީދެކެވެ. އެބޭފުޅަކަށްޓަކައިވެސް އަޅުގަނޑުމެން ދިވެހިން ހަމަ ފަހުރުވެރިވާ ބޭފުޅެކެވެ. ކުޑަ އާދަމް ކުޑަތުއްތު (ޝަހީދު ސަރޖަންޓް ކުޑައާދަމް ކުޑަތުއްތު– ސނ:120) ކ. މާލެ/ ހ. އަންހީޓް އަކީ ސިފައިންގެ ހިދުމަތުގައި 27 އަހަރާއި 1 މަހާއި 24 ދުވަސް މަސައްކަތްޕުޅު ކުރައްވާފައިވާ މަތިވެރި ޝަހީދެކެވެ.

  މި ގައުމީ ޖިހާދުގައި ބައިވެރިވިއިރު ޝަހީދު ކޯޕްރަލް ޙުސައިން މުޙައްމަދަކީ ލާންސް ކޯޕްރަލްއެކެވެ. އެގޮތުން ދިވެހި ދައުލަތުން މިކަން ފާހަގަ ކުރައްވައި އެފަރާތަށް ވަނީ މަގާމުގެ ކުރިއެރުންދެއްވައި ހުރަވީ ރިހި މެޑަލް އާއި ޖިހާދުގެ ރަތް މެޑަލް ހަމައެއާއެކު 3 ނޮވެމްބަރުގެ މެޑަލް ދެއްވާފައެވެ. ދެންވެސް ހަމަ މިފަދަ ބޭފުޅެކެވެ. ދިވެހިންގެ މިނިވަންކަމާއި ގައުމު ހިމާޔަތްކުރުމުގައި މަރުވެދިޔަ ޝަހީދެކެވެ. ޢަބްދުﷲ ޒުހައިރު (ޝަހީދު ކޯޕްރަލް ޢަބްދުﷲ ޒުހައިރު – ސނ:830) ގދ. ތިނަދޫ/ އަރިނަގާގެ އަކީ ސިފައިންގެ ހިދުމަތުގައި 5 އަހަރު މަސައްކަތްޕުޅު ކުރައްވާފައިވާ މަތިވެރި ޝަހީދެކެވެ. މި ގައުމީ ޖިހާދުގައި ބައިވެރިވިއިރު ޝަހީދު ކޯޕްރަލް ޢަބްދުﷲ ޒުހައިރަކީ ޕްރައިވެޓްއެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ.

  އެގޮތުން ދިވެހި ދައުލަތުން މިކަން ފާހަގަ ކުރައްވައި އެފަރާތަށްވެސް ވަނީ މަގާމުގެ ކުރިއެރުންދެއްވައި ހުރަވީ ރިހި މެޑަލް އާއި ޖިހާދުގެ ރަތް މެޑަލް ހަމައެއާއެކު 3 ނޮވެމްބަރުގެ މެޑަލް ދެއްވާފައެވެ. ދިވެހިން އެބަޔަކަށްޓަކައި ފަހުރުވެރިވާ އެތައް ބަޔަކު ޝަހީދުވެދިޔައިރު މުޙައްމަދު ޙަސަން (ޝަހީދު ކޯޕްރަލް މުޙައްމަދު ޙަސަން – ސނ:821) ތ. ދިޔަމިނގިލި/ ރަބީޢުގެ އަކީވެސް ފާހަގަކުރެވޭ ބޭކަލެކެވެ. ސިފައިންގެ ހިދުމަތުގައި 4 އަހަރާއި 10 މަހާ 8 ދުވަހު މަސައްކަތްޕުޅު ކުރައްވާފައިވާ މަތިވެރި ޝަހީދެކެވެ. މި ގައުމީ ޖިހާދުގައި ބައިވެރިވިއިރު ޝަހީދު ކޯޕްރަލް މުޙައްމަދު ޙަސަން އަކީ ޕްރައިވެޓްއެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ. އެގޮތުން ދިވެހި ދައުލަތުން މިކަން ފާހަގަ ކުރައްވައި އެފަރާތަށް ވަނީ މަގާމުގެ ކުރިއެރުންދެއްވައި ހުރަވީ ރިހި މެޑަލް އާއި ޖިހާދުގެ ރަތް މެޑަލް ހަމައެއާއެކު 3 ނޮވެމްބަރުގެ މެޑަލް ދެއްވާފައެވެ. މީގެއިތުރުންވެސް މުހައްމަދު އިބްރާހިމް (ޝަހީދު ކޯޕްރަލް މުހައްމަދު އިބްރާހިމް – ސނ:606) ހއ. މުޅަދޫ/ އަނބުގަސްދޮށުގެ އަކީވެސް ފާހަގަކުރެވޭ ބޭކަލެކެވެ.

  ސިފައިންގެ ހިދުމަތުގައި 8 އަހަރާއި 5 މަސްދުވަހު މަސައްކަތްޕުޅު ކުރައްވާފައިވާ މަތިވެރި ޝަހީދެކެވެ. މި ގައުމީ ޖިހާދުގައި ބައިވެރިވިއިރު ޝަހީދު ކޯޕްރަލް މުހައްމަދު އިބްރާހިމް އަކީ ޕްރައިވެޓްއެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ. އެގޮތުން ދިވެހި ދައުލަތުން މިކަން ފާހަގަ ކުރައްވައި އެފަރާތަށްވެސް ވަނީ މަގާމުގެ ކުރިއެރުންދެއްވައި ހުރަވީ ރިހި މެޑަލް އާއި ޖިހާދުގެ ރަތް މެޑަލް ހަމައެއާއެކު 3 ނޮވެމްބަރުގެ މެޑަލް ދެއްވާފައެވެ. ހަމައެއާއެކު އާދަމް ނަޞީރު (ޝަހީދު ސަރޖަންޓް އާދަމް ނަޞީރު – ސނ:635) ކ.މާލެ/ ހ. ޝޭޑީވިލާ އަކީވެސް ފާހަގަކުރެވޭ ބޭކަލެކެވެ. ސިފައިންގެ ހިދުމަތުގައި 8 އަހަރާއި 23 ދުވަހު މަސައްކަތްޕުޅު ކުރައްވާފައިވާ މަތިވެރި ޝަހީދެކެވެ. މި ގައުމީ ޖިހާދުގައި ބައިވެރިވިއިރު ޝަހީދު ސަރޖަންޓް އާދަމް ނަޞީރަކީ ލާންސް ކޯޕްރަލެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ.

  އެގޮތުން ދިވެހި ދައުލަތުން މިކަން ފާހަގަ ކުރައްވައި އެފަރާތަށް ވަނީ މަގާމުގެ ކުރިއެރުންދެއްވައި ހުރަވީ ރިހި މެޑަލް އާއި ޖިހާދުގެ ރަތް މެޑަލް ހަމައެއާއެކު 3 ނޮވެމްބަރުގެ މެޑަލް ދެއްވާފައެވެ. އަދި މީގެއިތުރުން މޫސާ އަޙްމަދު (ޝަހީދު ލެފްޓިނެންޓް މޫސާ އަޙްމަދު – ސނ:243) (ކުޑަނެނި ތުއްތު މަނިކު) ކ.މާލެ/ މއ. ދާރީގެ އަކީވެސް ފާހަގަކުރެވޭ ބޭކަލެކެވެ. ސިފައިންގެ ހިދުމަތުގައި 17 އަހަރާއި 3 މަހާއި 18 ދުވަހު މަސައްކަތްޕުޅު ކުރައްވާފައިވާ މަތިވެރި ޝަހީދެކެވެ. މި ގައުމީ ޖިހާދުގައި ބައިވެރިވިއިރު ޝަހީދު ލެފްޓިނެންޓް މޫސާ އަޙްމަދު (ކުޑަނެނި ތުއްތު މަނިކު)އަކީ ސަރޖަންޓެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ. އެގޮތުން ދިވެހި ދައުލަތުން މިކަން ފާހަގަ ކުރައްވައި އެފަރާތަށް ވަނީ މަގާމުގެ ކުރިއެރުންދެއްވައި ހުރަވީ ރަން މެޑަލް އާއި ޖިހާދުގެ ރަތް މެޑަލް ހަމައެއާއެކު 3 ނޮވެމްބަރުގެ މެޑަލްވެސް ދެއްވާފައެވެ. މީގެ އިތުރުންވެސް އަޅުގަނޑުމެން އެންމެހާ ދިވެހިން 3 ނޮވެމްބަރުގެ ނަންގަތުމާއެކު އެބޭފުޅެއްގެ ނަން އެންމެ ފުރަތަމައަށް ހިތައް އަންނަ ބޭފުޅެއްގެގޮތުގައި، ހަމައެއައެކު އެބޭފުޅެއްގެ ނަން ރަންއަކުރުން ފަވާލެވިފައިވާ ޝަހީދު ހުސައިން އާދަމް އަކީ ނުލާހިކު ޅައުމުރުފުޅުގައި ދިވެހި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރެއްވުމުގައި އަންނާނެ ތީރެއް އުންޑައެއް ފެނިގެން އަމާޒުވެގެން މެޔަށް ގަންނާ ކުރެއްވި ބިރުން ފިލަންދާ މީހަކަށް މަނުވާނަމޭ… މިއަޒުމުގައި ނުހަނު ހިތްވަރާއެކު މަސައްކަތްކުރެއްވި އަޅުގަޑުމެންގެ ބަތަލެކެވެ.

  ޝަހީދު ކޯޕްރަލް ހުސައިން އާދަމަކީ ހދ. ކުޅުދުއްފުށީ މާވާގެއަށް އުފަން ސިފައިންގެ ވަޒީފާގައި 4 އަހަރާއި 5 މަހާއި 24 ދުވަހު ނުހަނު އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވުމުގައި ފުރާނަ ގައުމަށްޓަކައި ދޫކޮށްލެއްވި ޝަހީދީ ބަތަލެކެވެ. އުމުރުން އެންމެ 19 އަހަރުގައި މުޅިއުންމަތަށް މުޅި ގައުމަށް ދައްކަވައިދެއްވި އަގުހުރި ނަމޫނާއަކީ އެކަމުން އަޅުގަނޑުމެން ކޮންމެ ދިވެއްސަކު އިބުރަތް ހާސިލްކުރައްވަން ޖެހޭ މާތް މަތިވެރި ފިލާވަޅެކެވެ. އެގޮތުން ޝަހީދު ކޯޕްރަލް ހުސައިން އާދަމަކީ ސަހީދުވެވަޑައިގެންނެވިއިރު ޕްރައިވެޓެއްގެ ގޮތުގައި ހުންނެވި ބޭކަލެކެވެ. ނޮވެމްބަރު 3ގެ އުދުވާނުގައި ޝަހީދުވުމުން ދިވެހި ދައުލަތުންވަނީ އެކަން ފާހަކުރައްވައި ހުރަވީ ރަން މެޑެއްޔާއި ޖިހާދުގެ ރަތް މެޑަލް ހަމަ އެއާއެކު 3 ނޮވެމްބަރުގެ މެޑަލް ދެއްވާފައެވެ. 3 ނޮވެމްބަރުގެ އުދުވާނުގައި ޝަހީދުވީ ސިފައިންގެ އިތުރުން އާންމުންގެ 11 މީހަކުވަނީ ޝަހީދުވެފައެވެ.

  ސިފައިންނާއި އާންމުން އެކު ޖުމްލަ 19 ދިވެހިން މިހާދިސާގައި އަޅުގަނޑުމެނާ ވަނީ އަލްވަދާއުކިޔާފައެވެ. އެގޮތުން 40 އަށްވުރެ ގިނަ ފަރާތްތައް ވަނީ މި ހާދިސާގައި އެކިވަރުގެ ޒަހަމްވެފައެވެ. މިއީ ކޮންމެ ހާލެއްގައިނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ވަކިބަޔަކު ބޭރުގެ ފަރަތްތަކާއި ގުޅިގެން އަޅުގަނޑުމެން ދިވެހިންނަށް ދިމާވެފައިވާ ހިތާމަވެރި ހާދިސާތަކުގެތެރެއިން ހާދިސާއެކެވެ. މިފަދަ ކަންކަމަކީ އަޅުގަނޑުމެން އިބުރަތް ހާސިލްކޮށް މާތް ﷲ ގެ މަގުގައި ޖިހާދުކޮށް ގައުމާއި ދީން އަދި ރައްޔަތުން ހިމާޔަތްކުރުމަށް ފިލާވަޅުތައް ދަސްކުރަންޖެހޭ ކަމެކެވެ. މާތް ﷲ ދިވެހި ޤައުމާއި އިސްލާމްދީން އަދި ދިވެހި ރައްޔިތުން މިފަދަ ނުރައްކާތެރި އޮއިވަރުތަކުން ސަލާމަތްކުރައްވާށި! އާމީން.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.