.
22 September 2017
މަޤްބޫލު ޙަބަރު

 ކުލަބު ޗެލްސީއިން އެ ޓީމުގެ ސްޓްރައިކަރ ޑިއޭގޯ ކޯސްޓާ އޭނާގެ ކުރީގެ ކުލަބު އެތްލެޓިކޯ މެޑްރިޑްއަށް ވިއްކާލުމަށް އެއްބަސްވެއްޖެއެވެ.

އުމުރުން 28 އަހަރުގެ ކޯސްޓާ 2014 ވަނަ އަހަރު އެތްލެޓިކޯ ދޫކޮށް ޗެލްސީއަށް ބަދަލުވިއިރު ކޯސްޓާ މި ސީޒަނުގައި ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ރޭވުންތަކުގައި ނުހިމެނޭކަމަށް ޗެލްސީއިން ވަނީ ހާމަކޮށްފައެވެ.

އަދި ޗެލްސީއިން ވަނީ ކުލަބު ދޫކޮށް އެހެން ކުލަބަކަށް ބަދަލުވުމުގެ ހުއްދަވެއް ކޯސްޓާއަށް ދީފައެވެ. އެގޮތުން އޭސީ މިލާން އަދި އިންޓާރ އިންވެސް ކޯސްޓާ ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު އެތްލެޓިކޯއިން ވަނީ ކޯސްޓާގެ ޓްރާންސްފާރގެ އެންމެ ފަހުގެ ނިންމުން ނިންމައި ފައެވެ.

މިޓްރާންސްފަރ އެތްލެޓިކޯ އިން ނިންމިއިރު ފާހަގަކޮށްލަން ޖެހޭ ކަމަކީ އެތްލެޓިކޯ މިވަގުތު އޮތީ  ޓްރާންސްފާރ ބޭންއެއްގެ ދަށުގައެވެ. އެހެންކަމުން  ކޯސްޓާއަށް އެތްލެޓިކޯއަށް ކުޅެވޭނީ މިއަންނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. ކޯސްޓާ އެތްލެޓިކޯއާއި ގުޅޭ  ޓްރާންސްފާރ ފީއެއް ހާމަކޮށްފައިނުވާއިރު ކޯސްޓާ އެތްލެޓިކޯއާއިއެކު މެޑިކަލް ޗެކްއަޕްއެއް ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ނިންމާނެކަމަށް ވަނީ ހަބަރުލިބިފައެވެ.

ޑިއޭގޯ ކޯސްޓާ ވަނީ ޗެލްސީއަށް ކުޅެދިން 120 މެޗުގައި 58 ލަނޑު އެކުލަބަށް ކާމިޔާބުކޮށްދީ މިދިޔަ ސީޒަނުގެ ޕްރެމިއަރ ލީގު ތަށި އުފުލުމަށް އެހީތެރިވެދީފައެވެ.

haftha.mv ©