އަޙްމަދު
26 September 2017
މަޤްބޫލު ޙަބަރު

އިނގިރޭސި ޕްރެމިއާރ ލީގުގެ ކުލަބު ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އޭނާގެއަމިއްލަ ގައުމަށްދާންބޭނުންވާކަމަށާއި އެހެންކަމުން ކޮންމެވެސް ދުވަހަކުން އެކަން ކުރާނެކަމަށް ކޮންޓޭ ބުނެފިއެވެ.

ޗެލްސީގެ ކޯޗުކަމާއި ހަވާލުވިފަހުން ޗެލްސީގެ ސަޕޯޓަރުންގެ މެދުގައި ވަރަށް މަގުބޫލު ވެފައިވާ ކޮންޓޭ ވަނީ އޭނާއަށް އިނގިރޭސިވިލާތުގައި އުފާވެރި ހަދާންތަކެއް ލިބުމާއިއެކު އޭނާ އެނބުރި އިޓަލީއަށް ދާނެކަމަށް ބުނެފައެވެ.

ކޮންޓޭ ބުނާގޮތުގައި މި ދުވަސް އަންނާނީ ކޮން އިރަކުންކަމެއް އޭނާއަށް ނޭނގުނުނަމަވެސް އޭނާ އިޓަލީ މަތިން ވަރަށް ހަދާންވާކަމަށާއި އަދި މިހެންވުމުގެ ސަބަބުން މިއީ އޭނާ ނިންމައިގެން ހުރި ގޮތްކަމަށެވެ.

ޗެލްސީއާއި ކޮންޓޭ ހަވާލުވި ފަހަރަކީ ކޮންޓޭ އިޓަލީއިން ބޭރުން ހަވާލުވި ފުރަތަމަ ޓީމެވެ. 48 އަހަރުގެ ކޮންޓޭ ވަނީ ޗެލްސީގެ އިތުރުންވެސް އިޓަލީގެ އަރެޒޯ، ބާރި، އެޓަލަންޓާ، ސިއެނާ އަދި ޔުވެންޓަސްގެ ކޯޗުކަންވެސް އަދާކޮށްފައެވެ. މީގެ އިތުރުންވެސް ކޮންޓޭ ވަނީ އިޓަލީގެ ގައުމީ ޓީމުގެ ކޯޗުކަންވެސް އަދާކޮށްފައެވެ.

ކޮންޓޭ ވަނީ އޭނާގެ އެންމެ ފުރަތަމަ ސީޒަނުގައި ޗެލްސީއަށް ޕްރެމިއާރ ލީގުގެ ތަށި ހޯދައިދީފައެވެ. ކޮންޓޭ ވަނީ ކުރިއަށް އޮތްތަނުގައި ސްޕޯޓިންގް ޑިރެކްޓާރއެއްގެ ގޮތުގައި ފެނިދާނެކަމަށްވެސް ބުނެފައެވެ. ކޮންޓޭ ވަނީ ކުޅުންތެރިޔެއްގެ ގޮތުގައި ލެޗޭ އަދި ޔުވެންޓަސްއަށް މީގެކުރިން ކުޅޭދީފައެވެ. 

haftha.mv ©