.
02 October 2017
މަޤްބޫލު ޙަބަރު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގދ. ތިނަދޫ ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗް ކަމަށް އަލީ ސުޒޭން ހަމަޖައްސައިފި އެވެ.

ދިވެހިފުޓްބޯޅައިގައި އެންމެ ކަމިޔާބު ދިވެހި ކޯޗްކަމުގައިވާ އަލީ ސުޒެއިން ތިނަދޫ ޓީމައި ހަވާލުވީ މިއަދު އެކަމަށް ބޭއްވި ޚާއްސަ ރަސްމިްްޔާތެއްގައެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމު ތެރޭގައި ހިމެނިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ތިނަދޫ އަށް މުބާރާތުގެ ފުރަތަމަ ބުރުގައި ކޯޗުކޮށްދިނީ ސްޕެއިނުގެ މާޓިނޭޒް ހުއާން މެނުއަލް އެވެ. އޭނާ މަގާމުން ވަކިކުރީ ޓީމުގެ މެނޭޖްމަންޓާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތަށް ދައްކަމުން ދާކަމަށް  ބުނެ އެވެ.

މާޓިނޭޒްގެ ކޯޗުކަމުގެ ދަށުން ތިނަދޫ ފުރަތަމަ ބުރު ނިންމާލީ ތިން މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެ 10 ޕޮއިންޓާ އެކު ފަސް ވަނައިގައި އޮވެ އެވެ.

ބްރޭކަށް ފަހު ލީގު އަލުން ފަށާއިރު ކުޅޭ ފުރަތަމަ މެޗުގައި މި މަހު 14 ވަނަ ދުވަހު ހަވީރު ތިނަދޫ ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މިމެޗަށް ޓީމު ނުކުންނާނީ ސުޒެއިންގެ ކޯޗްކަމުގެ ދަށުންނެވެ.

އެންމެފަހުން ކޯޗްކޮށްދީފައިވަނީ ވިކްޓްރީ ސްޕޯޓްސްކުލަބަށެވެ. މާލޭ ލީގުގެ ގަދަ ހަތަރަކަށްވަދެ ޕްރިމިއާ ލީގުން ފުރުސަތު ހޯދަން އެ ޓީމު ކުރި މަސައްކަތް ނާކާމިޔާބުވީ ޓީމުގެ މެނޭޖްމަންޓްތެރޭގައި ބޮޑެތި މައްސަލަތަކެއް އުފެދުނު ހިސާބުންނެވެ.

haftha.mv ©