.
03 October 2017
މަޤްބޫލު ޙަބަރު

ކެޓަލޯނިއާއިން މިނިވަންހޯދުމަށް ކުރާމަސައްކަތުގެ ސަބަބުން ސްޕެއިންގެ ސަރުކާރާއި ކެޓަލޯނިޔާ ރައްޔިތުންނާއި ދެމެދު އުފެދިފައި ހަމަނުޖެހުންތަކާއިއެކު ކެޓަލޯނިއާ ސްޕެއިން އާއި ވަކިވެއްޖެ ނަމަ ސްޕެއިންގެ މަޝްހޫރު ކުލަބު ބާސެލޯނާ ފެނިގެންދާނީ ކޮން ލީގަކުންބާއެވެ.

ނުވަތަ ސްޕެއިންގެ ސަރުކާރުން ކެޓަލޯނިއާ ސްޕެއިންއާއި ވަކިވެއްޖެނަމަ އެސްޕަންޔޮލް އަދި ޖިރޯނާ ފަދަ ކެޓަލޯނިއާގެ ކުލަބުތަކަށް ލަލީގާގައި ނުކުޅެވޭނޭކަމަށް އަންގާފައިވާއިރު އެންމެ ބޮޑަށް ބެލެވިފައިވަނީ މި ކުލަބުތައް ދެން ފެނިގެންދާނީ ފްރާންސްގެ ލީގު ވަން އިންކަމަށެވެ.އެހެންކަމުން ދުނިޔޭގެ އެންމެގިނަބަޔަކު ސްޕޯޓްކުރާ ބާސެލޯނާވެސް ފްރާންސލީގް ވަން އިން ނުވަތަ ހަމައެކަނި ޕްރިމިއަރ ލީގުން ފެނުމަކީ އެކަށީގެންވާކަމެއްކަމަށް ފުޓްބޯޅަ ދިރާސާކުރާފަރާތްތަކުން ވަނީ ބުނެފައެވެ.

އަދި މިހާކަތަކަށް ރައްދުދެއްވައި  ޕްރެމިއާރ ލީގުގެ އެންމެ ބޮޑު އެއް ކުލަބުކަމުގައިވާ އާސެނަލްގެ ކޯޗު އާސެން ވެންގާރ ބުނެފައިވަނީ ބާސެލޯނާއަށް އެދަފަ ގޮތެއް މެދުވެރިނުވާނެކަމަށެވެ. ވެންގާރ ބުނާގޮތުގައި ބާސެލޯނާ ފަދަ ސްޕެއިންގެ ޓީމަކަށްވުރެ ކުރިން ޕްރެމިއާރ ލީގަށް ގެނައުން ރަނގަޅީ ސްކޮޓްލެންޑްގެ ސެލްޓިކް ފަދަ ޓީމުތައްކަމަށެވެ.

ވެންގާރ ވަނީ މީގެ އިތުރުންވެސް ބާސެލޯނާއަކީ ވަރަށް ސިޔާސީ ކުލަބެއްކަމަށް ބުނެފައެވެ. އަދި ކެޓަލޯނިއާގައި ހިނގަމުންދާ ކަންތައްތަކުގައި ކޮންމެވެސް ވަރަކަށް ކުލަބުންވެސް ހަރަކާތްތެރިވާނޭކަމަށް ބެލެވޭއިރު ބާސެލޯނާ ޕްރެމިއާރ ލީގަށް ބަދަލުވެއްޖެނަމަ މިހާރަށްވުރެންވެސް އިތުރަށް ޕްރެމިއާރ ލީގު އުނދަގޫވާނެކަމަށް ވެންގާރ ވަނީ ބުނެފައެވެ.

މިހާރު ޕްރެމިއާރ ލީގުގައި ތަށްޓަށް ވާދަކުރާ ކުލަބުތަކަށް ކިތަންމެ އުނދަގޫވިޔަސް ބާސެލޯނާ ފަދަ ބޮޑު ކުލަބެއް ޕްރެމިއާރ ލީގަށް އައުމަކީ ވަރަށް ޝައުގުވެރިވާކަމެއްކަމަށްވެސް ވެންގާރ ބުނެފައިވެއެވެ.

haftha.mv ©