.
24 June 2018
މަޤްބޫލު ޙަބަރު

އެއްކުޅުންތެރިން މަދުކޮށް ކުޅެ ޖަރުމަނުން ސްވިޑެންގެެ މައްޗަށް ކުރި ހޯދައިފިއެވެ.

ގްރޫޕް އެފްގައި ހޮނިހިރުދުވަހުގެރޭޭ ކުޅުނު މިމެޗްގައި ޖަރުމަނުން ކުރިހޯދީ ފަހަތުންއަރާ 2-1 އިން ސްވިޑްން ބަލިކޮށްގެންނެވެ.

މިމެޗުން ސްވިޑެން މޮޅުވިނަމަ، ގްރޫޕް ބީން ދެވަނަ ބުރަށް ދަތުރުކުރާނީ ސްވިޑެން އާއި މެކްސިކޯއެވެ. އެކަމަކު މިމެޗުން ޖަރުމަން މޮޅުވުމުން، ދެވަނަ ބުރަށް ދަތުރުކުރާނެ ޓީމުތައް ކަނޑައެޅިގެންދާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށް ފަހުއެވެ.

މި މޮޅާއެކު ޖަރުމަނުން ވަނީ ޕޮއިންޓުގެ ގޮތުން ސްވިޑެންއާ އަރާ ހަމަކޮށްފައެވެ. މި ދެ ޓީމަށް ވެސް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. މި ގްރޫޕްގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު އޮތީ މެކްސިކޯއެވެ.

މެޗްގެ ކުރީކޮޅު މޮޅު ކުޅުމެއް ޖަރުމަނުގެ ފަރާތުން ފެނިގެންދިޔައިރު، އެޓީމުންވަނީ ސްވިޑްންގެ ގޯލަށް ނުރައްކާކޮށް  ގިނަހަމަލާތަކެއް ފޮނުވާފައެވެ. އެހެންނަމަވެސް މިހުރިހާ ހަމަލާތަކެއްގެ ހުރަހަކަށްވެސްވީ ސްވިޑެންގެ ގޯލުކީޕަރު  އޮލްސަންއެވެ.

ބޯޅަ ކޮންޓްރޯލް ކޮށްގެން ރަގަޅު ކުޅުމެއް ޖަރުމަނުން ކުޅެމުންދިޔަ ނަމަވެސް، ސްވިޑެންއިން ވަނީ ކައުންޓަރ އެޓޭކުތަކުގައި ޖަރުމަންގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 32 ވަނަ މިނެޓުގައި ސްވިޑެންއިން ޖަރުމަނުގެ ކޮޅަށް ލަނޑެއްޖަހާ މެޗްގެ ލީޑް ނެގުމެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އޯލާ ޓޮއިވޮނެންއެވެ. މިގޯލާއެކު ފުރަތަމަހާފް ނިމުނީ ސްވިޑްންގެ ކުރީގައި އޮވެގެންނެވެ.

ބަދަލަކާއި އެކު ދެވަނަހާފަށް ނުކުތް ޖަރުމަނުންވަނީ މިހާފްގެ ވަރަށް ކުރީކޮޅު ސްވިޑްންގެ ކޮޅަށް ލަނޑެއްޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު މެޗްގެ 48 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މާކޯ ރެއުސްއެވެ.

އަދި މި ގޯލާއެކު ޖަރުމަނުން ކައިރިކައިރީގައި ސްވިޑެންގެ ގޯލަށް ނުރައްކާ ކުރަމުންދަނިކޮށް މެޗުގެ 82 ވަނަ މިނެޓްގައި ދެވަނަ ރީނދޫ ކާޑާއެކު ޖަރުމަނުގެ ޑިފެންޑަރު ޖެރޯމް ބޯޓެންގް އަށް ރަތްކާޑުދައްކާ ރެފްރީވަނީ ދަނޑުން  ފޮނުވާލާފައެވެ. އޭނާ އަށް ދެވަނަ ރީނދޫ ކާޑު ދެއްކީ ސްވިޑެންގެ ކުޅުންތެރިއަކަށް ކުރި ފައުލަކާއި ގުޅިގެންނެވެ.

ޖަރުމަނުން 10 ކުޅުންތެރިންނާއިއެކު ކުޅެމުންދިޔަ މިމެޗް އެއްވަރުވެގެން ނިމެންދަނިކޮށް މެޗުގެ އެންމެ ފަހު ވަގުތުކޮޅުތެރޭ އިތުރު ލަނޑެއް ކާމިޔާބުކޮށް ޖަރުމަނުގެ ކޮޅަށް މެޗް އަބުރައިލީ ޓޯނީ ކްރޫސް އެވެ. ޖަރުމަނު މޮޅުކޮށްދީން މިލަނޑު ކުރޫސް ކާމިޔާބުކުރީ ސްވިޑެންގެ ޕެނަލްޓީއޭރިއާގެ އަރިމަތިން ލިބުނު ހިލޭޖެހުމަކުންނެވެ.

 

Leave a Reply

Your email address will not be published.

haftha.mv ©