.
25 June 2018
މަޤްބޫލު ޙަބަރު

ރަަށިޔާ ބަލިކޮށް ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އޭގެ އެއްވަނަ އުރުގުއޭ ހޯދައިފިއެވެ.

އުރުގުއޭ މިގްރޫޕްގެ އެއްވަނަ ހޯދީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މުބާރާތް ބާއްވާ ގައުމު ރަޝިއާ 3-0 އިން  ބަލިކޮށްގެންނެވެ.

އުރުގުއޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގެ ފުރަތަމަ ގޯލް އެޓީމުން ޖަހާފައިވަނީ މެޗްގެ 10ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް އެވެ.

ފުރަތަމަ ގޯލްޖެހިތާ މާގިނައިރުތަކެއް ނުވަނީސް އުރުގުއޭއިން ވަނީ އިތުރު ލަނޑެއް ޖަހާ މެޗްގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑަކީ ރަޝިއާގެ ޗެރީޝޭވް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުގައި ރަޝިޔާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މިރޭގެ މެޗުގައި ރަށިޔާގެ ފަރާތުންފެނިގެންދިޔައި ވަރަށް އާދައިގެ ކުޅުމެކެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެޗްގެ 22ވަނަ މިނިޓްގައި ރަޝިޔާގެ ޗެރިޝޭވް އަތުން ބައިކޮޅަށް ވަތް ގޯލެވެ. މި ލަނޑާއިއެކު މެޗުގައި ރަޝިއާއަށް އިތުރު އުނދަގޫތަކަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ 36 ވަނަ މިނެޓުގައި އެޓީމުގެ އިގޯރ ސްމޮލްނިކޯވް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.

ދިހަ ކުޅުންތެރިންނާއެކު މެޗުގެ ގިނަވަގުތު ކޫލުންޖެހުނު ރަށިޔާއިން ދެވަނަ ހާފްގައިވެސް އުރުގުއޭގެ ގޯލަށް  ނުރައްކަކުރެވޭތޯ ދިޔައީ މަސައްކަތްކުރަމުންނެވެ. އެގޮތުން ރަށިޔާގެ މުޅިޓީމު ކުރިޔަށް ޖެހިގެން ކުޅެމުންދިޔުމުގެ ފައިދާ އުރުގެއޭއިން ނަގާ އެޓީމުގެ ތިންވަނަ ގޯލު މެޗުގެ ފަހުވަގުތުކޮޅުތެރޭވަނީ  ކާމިޔާބުކޮށްފައެވެ. މިލަނޑު އުރުގުއޭ އަށް  ޖަހާދިނީ ފޯވާޑް އެޑިންސަން ކަވާނީއެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ އުރުގުއޭގެ ކުޅުންތެރިއަކު ފޮނުވާލި ހަމަލާއެއް ރަޝިޔާގެ ކީޕަރު ދިފާއުކުރުމުން ބޯޅަ ބޭރަށް ނުކުތް ވަގުތުގައެވެ.

މި ނަތީޖާއާއެކު ތާވަލުގެ އެއްވަނަ އުރުގުއޭއަށް ލިބެނީ 9 ޕޮއިންޓާއެކުއެވެ. ދެވަނައިގަިއ އޮތް ރަޝިއާއަށް ލިބިފައިވަނީ 6 ޕޮއިންޓެވެ. ގްރޫޕް އޭއިން ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީވެސް މި ދެޓީމެވެ.

Leave a Reply

Your email address will not be published.

haftha.mv ©