.
29 June 2018
މަޤްބޫލު ޙަބަރު

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޖީގެ އެއްވަނަ ބެލްޖިއަމަށް ލިބިއްޖެއެވެ.

މި ގްރޫޕްގެ އެއްވަނަ ބެލްޖިއަމް ހޯދީ މިދެޓީމު ބުރާސްފަތި ދުވަހުގެރޭ އިންގްލެންޑާއި ބައްދަލުކޮށް 1-0 އިން މޮޅުވެގެންނެވެ. މިނަތީޖާއާއިއެކު 9 ޕޮއިންޓާއެކު އެއްވަނަގައި ބެލްޖިއަމް އޮތް އިރު އިންގްލޭންޑަށް ދެވަނަ ލިބުނީ 6 ޕޮއިންޓާއެކުއެވެ. އަދި ތިންވަނަ ލިބުނު ޓިއުނީޝިޔާ އަށް ލިބުނީ ތިން ޕޮއިންޓެވެ. ގްރޫޕްގެ ފުލަށްދިޔަ ޕެނަމާ ދިޔައީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.

ބުރާސްފަތި ދުވަހުގެރޭ ކޫޅުނު މި މެޗަށް ގިނަ ބަދަލުތަކަކާއެކު ދެޓީމުންވެސް ނުކުތްއިރު، ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ.

މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ބެލްޖިއަމަށް ކާމިޔާބުކޮށްދިނީ މެޗްގެ 51 ވަނަ މިނެޓުގައި އަދްނާން ޖަނުޒާއިއެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ އިންގްލޭންޑްގެ ޕެނަލްޓީއޭރިއާގެ ކަނެއްގައި ހުރެ ފޮނުވާލި ރީތި ހަމަލާއަކުންނެވެ. މިއީ އިންގްލޭންޑް ކޮޅަށް މި މުބާރާތުގައި ވަތް ތިންވަނަ ގޯލެވެ.

މިނަތީޖާއާއިއެކު ބެލްޖިމް ދެވަނަ ބުރަށް ދަތުރުކުރިއިރު މިއީ މެޗަކުން ބަލިނުވެ ބެލްޖިއަމް އިން ގްރޫޕް ސްޓޭޖު ނިންމާލި ދެވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ބެލްޖިއަމް ދެވަނަ ބުރުގައި ބައްދަލުކުރަންޖެހޭނީ ގްރޫޕް އެޗްގެ ދެވަނަ ހޯދި ޖަޕާން އާއެވެ. ގްރޫޕް ޖީގެ ދެވަނަ ހޯދި އިންގްލޭންޑް ބައްދަލުކުރަން ޖެހޭނީ ގްރޫޕް އެޗްގެ އެއްވަނަ ޓީމު ކޮލަމްބިއާ އާއެވެ.

Leave a Reply

Your email address will not be published.

haftha.mv ©